ބޭނުންވާ ތަކެތި

‎200ގ ފުށް
200ގ ހަކުރު
2 ކުކުޅުބިސް
1 ސައިސަމުސާ ބޭކިންގް ޕައުޑަރ
1 މޭޒުމަތީ ސަމުސާ މާޖިރިން
1 ސައިސަމުސާ ވެނީލާ އެސެންސް
1/2 ޖޯޑު ފެން
ކާކުލަ

ތައްޔާރު ކުރާނެ ގޮތް

‎އެންމެ ފުރަތަމަ ފުށުގެ ތެރެއަށް ބޭކިންގް ޕައުޑަރ އެއްކުރުމަށް ފަހު ފުރާނާލާށެވެ. ދެން މާޖިރިން، ބިސް އަދި ހަކުރު އެއްކޮށްފައި ހަކުރުތައް ވިރެންދެން ގިރާލާށެވެ. ރަނގަޅަށް ގިރުނީމަ އޭގެ ތެރެއަށް ފުށް އަޅާލާށެވެ. ފުށް އަޅާނީ މަދު މަދުންނެވެ. އަދި އަޅާ ވަރަކަށް ގިރަމުން ގެންދަން ވާނެއެވެ. ދެން ބައި ޖޯޑު ފެން އެޅުމަށް ފަހު ކާކުލަ އަޅާށެވެ. ރަނގަޅަށް ގިރުމަށްފަހު ކުލަ އަޅާ ގިރާލާށެވެ. ދެން އެއަށްފަހު ފޮޅި ފިހާ ގޮތަށް މަޑު ގިނީގައި ފިހެލާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 200

    200ގ ހަކުރޭ؟؟؟؟؟ ޕޭން ކޭކަށް ހަކުރު ނާޅާނެ. ސިރަޕް އަޅައިގެން ކާއެއްޗެއް އެއި