މިއީ ގިނަބައެއްގެ ލޯ ކުރިމަތީގައި ހިނގާދިޔަ ހާދިސާއެކެވެ. ދުވާލު ގަޑިއެއްގައި މި ހާދިސާ ހިނގި މަންޒަރު ފުލުހުންނަށް ވެސް ފެނުނެވެ. ނަމަވެސް އަޅައެއް ނުލިއެވެ. މި ދައްކަނީ ދާދި ފަހުން އިންޑިއާގެ މަގެއްގެ މަތީގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ފުރޯއެއް ބޭނުންކޮށްގެން މީހަކު މަރާލިއިރު، އެކަން ނުހުއްޓުވި ވާހަކައެވެ.
ހައިދަރް އާބާދުގެ ބިޒީ މަގެއްގައި މި ހާދިސާ ހިނގިއިރު، އެ މަންޒަރު ބަޔަކު ވަނީ ވީޑިއޯވެސްކޮށްފައެެވެ. އެ މީހާ މަރާލި މަންޒަރު ބަލަން 100 އެއްހާ މީހުން އެތާ ތިއްބެވެ. އަދި ފުލުހުންވެސް އެތާ ކައިރިން ވޭނެއްގައި ދިޔަ މަންޒަރު ފެނެއެވެ.
ބައެއް އާއްމުން ބުނިގޮތުގައި، އެ މަންޒަރު ބަލަން ތިން ފުލުހަކު އެ ވޭނުގައި ތިއްބެވެ. އެކަން ކޮންޓްރޯލް ކުރުމަށް އެއްވެސް ވަރަަކަށް އެ މީހުން މަސައްކަތްކޮށްފައެއް ނުވެއެވެ.
މަގުމަތީގައި އެއްވެސް އެހީތެރިކަމެއް ނުލިބި މަރުވަމުން ދިޔަ މީހާއަށް އެހީވުމަށް އެއްވެސް މީހަކު މާބޮޑު މަސައްކަތެއް ނުކުރެއެވެ. އެހެން ނަމަވެސް ބައެއް މީހުން، އެ މީހާއަށް އަނިޔާ ކުރަމުންދިޔަ މީހާ ހުއްޓުވަން މަސައްކަތް ކުރިއެވެ. އަދި ބައެއް މީހުން ތިބީ އެ މީހާ މަރުވަންދެން ބަލާށެވެ.
އެއްވެސް ވަރަަކަށް އިންސާނިއްޔަތުކަމެއް ނެތް ތާއެވެ. މިއީވެސް ބައެއް ގައުމުތަކުގައި ދިމާވެފައިވާ މައްސަލަތަކެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މަރުވި އެ ފިރިހެން މީހާއަކީ އެހެން މީހަކު މަރާލި މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެކެެވެ. ފުލުހުން ބުނީ، އެކަމަކީ ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވޭކަމަށެވެ. އަދި އެ މީހާ މަރާލި މީހާ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ޔާﷲ
ތީތި އޯކޭ. މޯޑީ ސަރުކާރުގައި ގެރި އާއި ނުބެހި ދެން ކޮންމެ ކަމެއްކުރިޔަސް އޯކޭވާނެ. އެތިބަ ޖާނުވަރުގަދަ ބޮޑެތި ފިރިހެނުން ކުޑަކުޑަ މީދަލާއި ކައިވެނިވެސް ކުރަނީއެއްނު. ދެތިންމަހުގެ ކުޑަކުދިން ވެސް ރޭޕްކުރަނީ އެއްނު. ތިޔަމީހުން ކޮށިއަރާ އިރަށް އަތުޖެހުނު އެއްޗެއް ރޭޕްކުރަމުންދާ ބައެއްތީ. އެހެންވީމައި ބޮޑެތިސިންގާ ދެފިރިހެނުން އެކަކު އަނެކަކަށް މާރާމާރީ ހިންގައި މެރިޔަކަސް އޯކޭ އެއްނު.
ގެރިމޯޑީގެ ޑިމޮކްރަސީ
ޢަދުލުވެރިކޮށް ޝަރީޢަތްކޮށް، ޘާބިތުވެ، ވާރިޘުން މަޢާފުނުދީފިނަމަ ޤިޞާޞުހިފުން ވާޖިބުކުރައްވާފައިވަނީ މިހިސާބަށް މުޖުތަމަޢު ވެއްޓިގެން ހިނގައިދާނެތީ. މީސްތަކުން އެމީހަކާ އެމީހަކު ޝަރީޢަތް ޤާއިމުކުރަން ފަށައިފިނަމަ މުޅި މުޖުތަމަޢު ބޮޑު ހަލާކެއްގެ ތެރަށް ވެއްޓިގެން ހިނގައި ދާނެ. މުސްލިމު މުޖުތަމަޢުތައް މިފަދަ ކަންކަމުން ޢިބުރަތް ޙާޞިލުކުރަންވާނެ. ﷲ ގެ ދީން ހެޔޮގަތުގައި ބިމުގައި ޤާއިމުކުރުމަށް މަސައްކަތްކުރަންވާނެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އިސްލާމް ދީނާއި މުސްލިމުން ޢިއްޒަތްތެރިކުރައްވާށި.
ދެން ރާއްޖޭގެ ހާލަތުވެސް ދާނެ ތިފެންވަރަށް މިހާރުވެސް ގޮސްފާ އޮތީ.އަދިވެސް އިންޑިޔާއާ ގުޅުން ބަދަހި ކުރެވޭތޯ ބަލާ.
އެހެންނުންވާނީ މޯދީއަކީވެސް އޭނާ އުފަން ގުޖްރާތް ސްޓޭޓްއިން އެއްހާހައްވުރެންގިނަ މީހުން މަރާފަހުރިމީހެއް. ދެން ކޮން އިންސާފެއްއޮންނާނީ
އެންމެ ބޮޑު ޑިމޮކުރަސީ ވީމާ ތިކަހަލަ ކަންތައް ހިގާނެ.
ބީ.ޖޭ.ޕީ ސަރުކާރު ވަރަށް ބޮޑާ މުޅި
އިންޑިޔާ ރާވާގެންގް ހިންގާ ޖަރީމާމިއަކި.ހަމަ މި މައިނާރިޓީސްދެތެރެ . އަޅުގަންޑު މި ގައޫމްއަށްދެތެރެ އާދޭސް ކުރާނެ ވަރަށް ބަލާތި....
ގެރިއެއް ނޫންވީމަ