ގިނަ ޢަދަދެއްގެ ޢާންމުން އެއްވެ އުޅުނު ތަނެއްގައި ބަރަހަނާ ފޮޓޯ ނަގަން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ ޕެންސީލްވޭނިއާގައި ހިނގި މި ހާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ޒުވާން އަންހެން މޮޑެލް އަކާއި، 64 އަހަރުގެ ފޮޓޯގްރާފަރެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މައިކަލް ވާނޮކް ނަމަކަށްކިޔާ ފޮޓޯގްރާފަރު، އިންޑިއާނާ ޔުނިވާސިޓީގައި ތަޢުލީމު ހާސިލްކުރަމުންދާ ޒުވާން މޮޑެލްގެ ބަރަހަނާ ފޮޓޯތައް ނަގާފައިވަނީ ޕެންސީލްވޭނިއާގެ މޯލްއެއްގެ ތެރޭގައެވެ. އެވަގުތު އެތަނުގައި ގިނަ ޢަދަދެއްގެ މީހުންވެސް ތިއްބެވެ.
ޢާންމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން ގޮސް މި ދެމީހުން ހައްޔަރުކުރީ، މޯލްގެ ތެރޭގައި ފޮޓޯޝޫޓް ކުރިއަށްގެންދަނިކޮށް އެތަނުގެ ތެރެއިންނެވެ.
މި މައްސަލައާއި ގުޅިގެން މި ދެމީހުންގެ މައްޗަށް އުފުލި ދަޢުވާއަށް ކޯޓުގައި އެމީހުން އިއުތިރާފްވެފައިވާއިރު، ކޯޓުން ނިންމީ މި ދެމީހުންވެސް 300 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
މި މައްސަލައިގެ ތަހުޤީޤަށް އެނގުނުގޮތުގައި، ޗެލްސީ ގުއެރާ ނަމަކަށްކިޔާ މޮޑެލް ވަނީ މައިކަލްއަށް، އޭނާގެ ބަރަހަނާ ފޮޓޯ ނެގުމަށް 300 އެމެރިކާޑޮލަރު ވެސް ދީފައެވެ. މި ފޮޓޯ ޝޫޓްގެ ފޮޓޯތައް ކުރިން ބައެއް އެހެން ތަންތަނުގައިވެސް ނަގާފައިވާކަން ތަހުޤީޤަށް އެނގިފައިވާ ކަމަށް އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
އަދަބު ވަރަށް ރަނގަޅު، ތިއީ 30 ރުފިޔާ އިން ޖޫރިމަނާ ކުރުންފަދަ ކަމެކެވެ. މިނިވަންކަން އެމެރިކާގަވެސް އަދި މިއޮތީ ފުރިހަނުވެއެވެ.
މާ ރަނގަޅެއްނު ފޮޓޯ ގްރާފާއަށް..އޭނަ އަށް ދިން 300 ޑޮލާރ ދެއްކީމަ ނިމުނީނު