ތޫފާނުގެ ތެރެއިން ފްލައިޓު ދުއްވުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ ބުރަކަމެކެވެ. ފްލައިޓް ތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަކީ ފްލައިޓް ދުއްވަން އިންނަ ބައެއްގެ ވަރަށް ބޮޑު ޒިންމާއެކެވެ. އެ ހިތްވަރު ދައްކައިންދިން ޕައިލެޓުންތަކެއްގެ ވާހަކަދައްކަން އެބަޖެހެއެވެ.
ދާދި ފަހުން އިންގްލޭންޑް ބިސްޓްރޮލް އެއާޕޯޓާއި ދިމާލަށް އެރި ތޫފާނުގެ ތެރޭގައިވެސް ހިތްވަރު އެލުވާނުލާ ފްލައިޓް މަންޒިލަށް ގެންގޮސްދިން ޕައިލެޓުގެ ވާހަކަ އެތައް ބަޔަކު ދައްކަމުންދެއެވެ.
"ކަލުމް"ގެ ނަމުން ނަން ދީފައިވާ އެ ތޫފާންގެ ތެރޭގައި ފްލައިޓް ދުއްވާ މަންޒަރު ފެންނަ ވީޑިއޯވެސް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. އެ ތޫފާންގެ އަސަރު އިނގިރޭސިވިލާތުގެ ވަރަށް ބޮޑު ހިސާބަކަށް ކުރިއެވެ.
އެ ތޫފާނުގެ ތެރޭގައި ވަރަށް ބޮޑަށް ފްލައިޓް ތަޅުވާލާ މަންޒަރު އެވީޑިއޯއިން ފެނެއެވެ. ބަލާބެލުމުން އެއީ ބާރުގަފަ ތޫފާނެއްކަން އިނގޭއިރު، ބައެއް ފަހަރު ފްލައިޓް އަރިއަޅާލަން އުޅޭހެންވެސް ހީވެއެވެ.
Pilot completely nails sideways landing in 40-knot crosswinds at Bristol Airport pic.twitter.com/TEB2gCgD96
— China Xinhua News (@XHNews) October 14, 2018
ޓުއި އެއާވޭސްގެ އެ މަތިންދާ ބޯޓު އެ އެއާޕޯޓްގައި ޖެއްސިއިރުވެސް، ވަރަށް ވައިގަދައެވެ. އަދި އެ ޖެއްސިއިރުވެސް، ބޯޓު އަރިއަޅާފާނެހެން ހީވެއެވެ. ނަމަވެސް ޕައިލެޓުގެ އާދަޔާ ހިލާފު ހިތްވަރުން އެ މަތިންދާ ބޯޓުގައި އެވަގުތު ތިބި އެންމެން ވަނީ ސަލާމަތްކޮށްދީފައެވެ.
އެ ތޫފާނުގެ ތެރޭގައި އެ ފްލައިޓް ޖެއްސުން ވެގެން ދާނީ ވަރަށް ނުރައްކާތެރިކަމަށެވެ. އެހެން ނަމަވެސް ޕައިލެޓުގެ ހިތްވަރުން އެތައް ބައެއް އަންތަރީސްކޮށްލާވަރު ކޮށްލިއެވެ.