އާއްމުކޮށް ފެންނަ ގެރިއަށްވުރެ އެތައް ތަނެއް ބިޔަ ގެރިއަކަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. "ނިކާސް" ގެ ނަމުން މި ގެރިއަށް މިހާރު ނަން ދީފައިވާއިރު މިއީ ބަރުދަނުގައި 1.4 ޓަނު ހުންނަ ގެރިއެކެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ގެރީގެ ބޮޑުކަމުން، ބިރުވެރި ގޮތެއްވެސް ހުރެއެވެ.
ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، މިއީ އެހެން ގެރިއަށްވުރެ ބޮޑު ގެރިއެއްކަމުން އެސޮރު ދިރިއުޅެމުންދާ ދަނޑުގައި މިއީ ރަސްގެފާނެވެ. އެހެން ގެރިތަކުގެ ކައިރީގައި މިއީ ވެރިޔާކަމަށް ފެންނައިރު، އެހެން ގެރިވެސް އެސޮރު ދެކެ ޖެހިލުންވާނޭކަމަށް ބެލެވެއެވެ.
ހަމައެހެންމެ، މިއީ އާދައިގެ ސައިޒުގެ ގެރިއެއްކަމުން، މިއީ ކަތިލަން އެކަށީގެން ނުވާ ގެރިއެއްކަމަށްވެސް ވަނީ ނިންމާފައެވެ. އެކަމުގެ ސަބަބުންވެސް މި ގެރިއަށް އެތައް ގޮތަކުން ވަނީ ފައިދާތަކެއް ލިބިފައެވެ.
އަށް އަހަރުވެފައިވާ މި ގެރީގެ އުސް މިނުގައި ހަ ފޫޓު ހަތަރު އިންޗި ހުރެއެވެ. "ޖައިޖެންޓިޒަމް" ނަމަކަށް ކިޔާ ޙާލަތެއް، މި ގެރި ތަހަންމަލު ކުރަމުންދާއިރު މިކަމުގެ ސަބަބުން އަދިވެސް ގެރި ދަނީ ބޮޑުވަމުން ކަމަށް ކަމުގެ މާހިރުން ބުނެއެވެ. އަދި، އަމިއްލަ ހާލަށް ނޫޅެވޭ މިންވަރަށްވެސް އެސޮރު ބޮޑުވެދާނެކަމަށް ކަމުގެ މާހިރުން ބުނެއެވެ.
ކަމުގެ މާހިރުން އިތުރަށް ބުނެފައިވާ ގޮތުގައި، މި ޙާލަތު ދިމާވެފައިވަނީ ގެރީގެ ހޯމް ތަރައްޤީ ކުރާ ނިޒާމުގައި ހުންނަ އުނިކަމެއްގެ ސަބަބުންނެވެ. އެހެންނަމެސް، މިއީ އެކަމުގެ ސީދާ ސަަބަބުންކަން ކަނޑައެޅިގެން ބުނަން ނޭނގޭނެކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.
މިހާރުވެސް މި ގެރިއަށްވަނީ ޞިއްޙީ އެތައް މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮަތުން އާތިރިޓިސް އާއި އެހެންވެސް މައްސަލަތައް ހިމެނެއެވެ.
މީކޮން ގައުމެއްގާ އޮތް ގެރިއެއްކަމެއްނޭގޭ. ތިގެރިކަލާންގެ. މޯޑީއަށް ތިގެރި ވެދުންކުރަންފެނޭ.
އަވަހަށް މޯދީ އަށް ތިޔަ ގެރި ދީ.. ތީތި ފެންނަ އިރަށް ޔަޤީން އޭނަ ބުނާނެ ކަން ތިޔައީ ގެރި ކަލާނގެ ތަކުގެ ވެރި ކަލާނގެ އޭ.
ތީގެ އަސަރު މިރާޖެއައްވެސް ކުރޭ
ދިޔަ އެތި އިންޑިއާ މީހުން ބޭނުންވާނެ އަޅުކަނ ކުރަން
ގުދުރަތުގެ އަޖައިބުކަމާއެވެ. ޢިހަށް، ގުރުބާނެއްގެ ގޮތުން ގެރިކަތިލައި އެތައް ބަޔަކަށް ކާންދިންވާހަކަ ދޮގުކުރި ޖާހިލުންނަށް އިބުރަތެއް ކަމުގައި މި ގެރި ވާނެކަން ކަށަވަރެވެ. ޥަﷲ ޢަޢުލަމް