މިދިޔަ ހޮނިހިރު ދުވަހު، ބޮލީވުޑުގައި އެފަދަ ދެވަނައެއް ނެތް ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނާސް ވަނީ ކައިވެނި ކޮށްފައެވެ. ބޮޑު ތަނެއްގައި، ޝާހީ ގޮތަކަށް ކުރި މި ކައިވެންޏަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. ހަމައެހެންމެ، އޭގެފަހުންވެސް ގިނަ ޙަފްލާތަކެއް ވަނީ ބާއްވާފައެވެ.
ބޭރުގެ އާދަކާދައާއި ވައްޓަފާޅީގެ ގޮތުން ކައިވެންޏަށް ފަހު، އަންހެން މީހާގެ ނަމުގެ ފަހަތަށް ފިރިހެން މީހާގެ ނަން ގެނެއެވެ. އެހެންނަމަވެސް، އެއް ނަމަކުން މަޝްހޫރުވެފައިވާ ގިނަ މަޝްހޫރު ފަރާތްތަކުން އާއްމުކޮށް މި އާދަކާދަ ކުރިއަށް ނުގެންދެއެވެ.
އެހެންނަމަވެސް، ކައިވެންޏަށްފަހު، ޕްރިޔަންކާ ޗޯޕްރާ ވަނީ އޭނާގެ ނަން ބަދަލުކޮށްފައެވެ. ޕީސީވެސް މިކަން ކޮށްފައިވަނީ އޭނާގެ އަސްލު ނަމުގެ ވިދުވަރު ނުކެނޑޭ ގޮތަށެވެ. އެގޮތުން، އޭނާގެ ނަން ބަދަލުކޮށްފައިވަނީ ޕްރިޔަންކާ ޗޯޕްރާ ޖޮނާސް އަށެވެ.
ރަސްމީކޮށް ނަން ބަދަލު ކުރުމަށްފަހު، ޕްރިޔަންކާ ވަނީ އޭނާގެ މީސް މީޑިޔާ އެކައުންޓުތަކުންވެސް ނަން ބަދަލުކޮށްފައެވެ. އެގޮތުން، އިންސްޓަގްރަމްގެ އެކައުންޓުގެ ނަން ބަދަލުކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
ކައިވެންޏަށް ފަހު ނަން ބަދަލު ކުރި ތަރިންގެ ތެރޭގައި ޕްރިޔަންކާ ހިމެނޭއިރު، ދާދިފަހުން ކައިވެނި ކޮށްފައިވާ ދީޕިކާ ޕަދުކޯން، އޭނާގެ ނަން ބަދަލު ކުރިކަން އަދި ރަސްމީކޮށް އިޢުލާން ކޮށްފައި ނުވެއެވެ.
ޖޮނާހެއް ނޫނޭ ކިޔަނި. ޖޯނަސް އޭ.
އަފުންނަށް ކީއް؟ ކޮން ބަލޯއެއް ކޮންމެ އެއްޗެކޭ އެކާފަރު ނާޗަރަންގީގެ ނަމަށް ކިޔަސް؟
އަފުންނަށް ކީއް؟ ކޮން ބަލޯއެއް ކޮންމެ އެއްޗެކޭ އެކާފަރު ނާޗަރަންގީގެ ނަމަށް ކިޔަސް؟
އަފުންނަށް ކީއް؟ ކޮން ބަލޯއެއް ކޮންމެ އެއްޗެކޭ އެކާފަރު ނާޗަރަންގީގެ ނަމަށް ކިޔަސް؟ އައިނ؟
މަށަށް ވަރަށް ޚާއްސަ ޚަބަރެއް މީ... މަގޭ ބަދަލުކުރަން މިއުޅޭ ނަމާ، މިނަމާ ހާދަ ވައްތަރޭ... އެއީ ސުނީތާ ކޯބުރާ ޕަކާސް... އަޅެ، ރީއްޗެއްނުން ދޯ؟
ހަމަ ކޮންމެ ކަމެއްވާއިރަށް ނުޖެހޭދޯ ސުނީގެ ބޮލަށް އަރާ ފޮށޭކަށެއް.
ސުނީއޭ؟؟ މާތްކަލާކޮ..ހީހީހީ...ބަފާބެ ހާދަ ހިރުވައޭ ސުނީތާގެ ނަން ބަދަލު ކުރާ ވާހަކަ އިވިފަ... ތިހާ ސުނީ ވެގެން ނޫޅުނަކަސް އޭނަ ސެޓު ވެދާނެ...ގުޅާފަ ބުނަން ޖެހޭނީ ޕްރިޔަންކާ ކަމަށް ހީކޮށް އޮޅިގެން ގުޅުނިއްޔޭ...! ޔޫއާރ ވެލްކަމް....ހެހެހެ
?
ދެން އެވީ ބަފާ ބަދަލުތާ؟
ސުނީތާ ނަންވެސް ވަރަށް އަވަހަށް ބަދަލުވާނެ ހީވަނި
ސުނިޔަންކާ އަށް އޮޅޭނެ އޭރުން.
އަންހެނުންގެ ކަރާމާތް ނުގެއްލެތަ؟ ފިރިމީހާގެ ނަން ލީމަ އަޅުވެތި ވެވުނީނު؟ މީ އިސްލާމްދީނުގަ ކުރަންޖެހޭ ކަމަކަސް ވި ނަމަ ހުރީސް ފޯރި. މިހާރު އޯކޭ