ދުނިޔޭގައި މިވަގުތު ހުރި އެންމެ ބާރުގަދަ ލީޑަރު ކަމަށްވާ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ކައިވެނި ކުރަން އުޅޭ ކަމުގެ އިޝާރާތެއް އޭނާ ދެއްވައިފިއެވެ.
މިއަހަރު ނިންމާލުމުގެ ގޮތުން ޕޫޓިން ބޭއްވި ނޫސްވެރިންގެ ބައދަލުވުމުގައި އޭނާ ވިދާޅުވީ ކޮންމެވެސް ދުވަހަކު ކައިވެނި ކުރުމަކީ މިހާރު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި އެކަމާ ފުންކޮށް ވިސްނަމުންދާ ކަމަށެވެ.
އުމުރުން 66 އަހަރުގެ ޕޫޓިިން މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފައެވެ. 1983 ވަނަ އަހަރު ކުރި ކައިވެނި 2013 ވަނަ އަހަރު ރޫޅުނު ފަހުން ޕޫޓިން ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. އެކައިވެންޏަށް ދެ ބޭކަނބަލަކު ލިބިފައި ވެއެވެ.
އެއީ ކެތުރީނާ އާއި މާރިއާ އެވެ. ދެބޭކަނަލުން ވެސް މިހާރު އުމުރުން ތިރީހުގެ އަހަރުތައް ގުނަމުން ދާއިރު އެއްވެސް ވަރަކަށް ސިޔާސީ ކަމެއްގައި ބައިވެރިއެއް ނުވެއެވެ.
ޕޫޓިންގެ ކައިވެނި ރޫޅުނު ފަހުން އޮލިމްޕިކްގައި ޖިމްނާސްޓިކް އިން މެޑަލް ހޯދާފައިވާ އެލީނާ ކަބީވާ އާއި ޕޫޓީން ހާއްސަ ގުޅުމެއް ބޭއްވި ކަމަށް މީޑިއާގައި އަޑު ފެތުރުނެވެ. އޭނާ އަށް ޕޫޓިން ބައެއް އިމާރާތްތައް ވެސް ގަނެދެއްވި ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. ނަމަވެސް އެގުޅުމާއި ބެހޭ ގޮތުން ޕޫޓިން ވާހަކަ ދައްކާފައެއް ނުވެއެވެ.
ޚަޔާތުގެ ބައިވެރިޔަކު ނެތް ދުނިޔޭގެ މަދު ލީޑަރުންގެ ތެރޭގައި ޕޫޓިން ހިމެނެއެވެ. ދެން ހަޔާތުގެ ބައިވެރިޔަކު ނެތް ލީޑަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ އެއް ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
މޯދީ އަކީ އޭގެ މީހެއް. އެހެންވެ ދެ ވައްތަރު ވެސް ހުއްދަ ކުރީ
ގެރި މޯދީ ??
ރަނގަޅޭނު. ?
ކަލޯ ޕުޓިން ހަޔާތުގެ ބައިވެރިއަކު އެއްގޮތަކަށްވެސް ހޯދާނެ ކަމެއްނެތް. ތިއީ ބޮޑު ވަބާއެއް. މި އުލޭ ފޮނި ރަނޑު އަހެންވެރިން ނަކީ ޕުޓިން މެން ކަހަލަ މީހުންގެ ހަލާކު.
ކާކު ބުނީ މޯދީގެ ބައިވެރިޔަކު ނެތޭ..؟؟ އިންޑިއާ ގައި އުޅޭ ހުރިހާ ގެރިތަކާއި އިނދެގެން އުޅޭ މީހެއްގެ ވާހަކަ ތިޔަ ދައްކަނީ..!