ފެޝަނަކީ ދެދުވަހު އެއް ގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. މިގޮތުން ގޮޅި ޖެހި ގަމީހަކީ ދިވެހިންގެ ތެރޭގައި އެއް އިރެއްގައި ވަރަށް މަޤްބޫލުކަމެއް ހޯދި އެއްޗެކެވެ. 2014 ވަނަ އަހަރުގެ ތެރޭގައި ދިވެހިންގެ ތެރެއަށް އަލުން އުފަންވި ގޮޅި ޖެހި ގަމީހަކީ އަދިވެސް ގިނަ ފިރިހެނުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. ނަމަވެސް މިފަހަރު މިއޮތީ އެހެން ވާހަކައެކެވެ. ގޮޅި ޖެހި ގަމީސް ދިވެހި އަންހުންނަށް ކަމުގޮސް އެލަމުންދާ ވާހަކައެވެ.
ގޮޅި ޖެހި ގަމީސް އައީ ކޮން ހިސާބަކުން؟
ފުރަތަމަ ފަހަރަށް ގަމީހެއްގައި ގޮޅި ޖަހާފައި ހުރި ޕްރިންޓްއެއްކޮށްފައިވަނީ އެމެރިކާ ސިފައިންނެވެ. އެއަށްފަހު ގޮޅި ޖެހި ޕްރިންޓްގެ ގަމީސް ރީއްޗަކަށް ލާ ގަމީހެއްގެ ގޮތުގައި ލާން ފެށީ ނަވާރަ ސަތޭކައިގެ ފަހު ކޮޅުގައެވެ. އެއަށްފަހު ދުވަސް ތަކެއް ވަންދެން މި ޑިޒައިން މާކެޓުން ފެނިފައެއް ނުވެއެވެ. ދެން މި ބްރޭންޑް ފެންނަން ފެށީ 2014 ވަނަ އަހަރުގެ ފެށުނު ކޮޅުގައެވެ. އެއާއެކު ދިވެހީންގެ މެދުގައިވެސް ގޮޅި ޖެހި ހެދުން މަޤްބޫލުކަމެއް ހޯދިއެވެ. ނަމަވެސް ދިވެހި އަންހެން ވެރިންގެ މެދުގައި ގޯޅި ޖެހި ގަމީސް މަޝްހޫރު ވެގެން ދިޔައީ 2018 ވަނަ އަހަރާއި ހަމައިންނެވެ.
ކީއްވެ ގޮޅި ޖެހި ގަމީސް؟
މިސުވާލުގެ ޖަވާބު ހޯދާ ލުމަށް އާއްމުކޮށް ގޮޅި ޖެހި ގަމީސް ލާ 18 އަހަރުގެ އަންހެނަކާ ސުވާލުކޮށްލީމެވެ. "ކަޕުލް ގޯލްސް" އަސްލު އެންެމެ ބޮޑަށް ޖައްސަން ބޭނުންވަނީ، ޖަވާބުގައި އެމީހާ ބުންޏެވެ. މިއީވެސް އަންހެނުން ގޮޅި ޖެހި ގަމީސްލާ ސަބަބަކަށް ވެދާނެއެވެ. އެމީހުންގެ ލޯބި ވެރިން ލާ ކަހަލަ ގަމީހެއް ލުމަކީ އެމީހުން މާގަޔާ ވާ ކަމެއް ކަމުގައިވެއެވެ. އިތުރު މީހަކާވެސް ސުވާލުކޮށްލީމެވެ. އޭނާގެ ޖަވާބު ވަރަށް ކުރެއެވެ. "އެއީ މަށަށް ސަޅިވީމަ،" މިހެން ބުނެ ޖަވާބު ކުރުކޮށްލިއެވެ.
ކޮންމެޔަކަސް ކޮންމެވެސް ސަބަބަކާހުރެ ދިވެހި އަންހެން ވެރިންވެސް ގޮޅި ޖެހި ގަމީސް ލާން ފަށައިފިއެވެ. މިކަން ވެފައިވަނީ ފިރިހެން ވެރިނަށްވެސް މާ ކަމުދާ ކަމަށެވެ.
ލޮލް
ގޮޅިޖެހި ގަމީސް ހަމަ ރީތީ އެ ލީމަ ގަޔަށް ރީތި ވީމަ..
އެއީ ސިމްޕަލް އެއްޗަކަށް ވެފަ ގަޔަށް ދޫކޮށް އެ ލާން ވަރަށް ފުރިހަމަ ވެފައި..
ދަރިން އާއި އެކު ފޮޓޯ ނަގަން ވަރަށް ރީތި..
ގޮޅި ޖެހިި ގަމީސް މީގެ ދިހަ ބާރަ އަހަރު ކުރިން ފެށިގެންވެސް އަހަރެން ލަން. މިއަށްވުރެ ކުރިން ފެށިގެންވެސް ދިވެހިިން ގޮޅި ޖެހި ގަމީސް ލާ އުޅޭ. ތިބުނާހާ ފަހަކުން ލާން ފެށި އެއްޗެއް ނޫން ގޮޅި ޖެހި ގަމީހަކީ.
ފިރިހެނުން ކުރާ ކޮންމެ ކަމެއް ކުރަން ބޭނުންވާތީވެ...
ހަމަ ހަމަ ކަން، ޖެންޑާ އިކުއަލިޓީ..