އޮސްޓްރޭލިއާއަށް ނިސްބަތްވާ ފިރިހެނަކު އޭނާގެ ހުވަފެނުގެ ރާނީއާއި ކައިވެނި ކުރުމަށް އިސްލާމްވިއެވެ. އޭނާ އިސްލާމްވެފައި ވަނީ އީރާގްއަށް ނިސްބަތްވާ، މުސްލިމް އަންހެން މީހާ ދެކެ ލޯބިވެގެން، އިސްލާމްދީނާއި، ދީނުގެ ސަގާފަތާއި އެއްޗެހިވެސް ބެލުމަށްފަހުއެވެ.

އުމުރުން 32 އަހަރުގެ އެ ބޮގާޓް ލަމްޕްރޭ ނަމަކަަށް އެ ފިރިހެން މީހާއަށް އެ އަންހެން މީހާ ފުރަތަމަ ފެނުނީ އޮސްޓްރޭލިއާގެ ކެފޭއެއްގެ ތެރެއިންނެވެ. އަދި އެ ކެފޭއިން ނޫރާ ނަމަކަށް ކިޔާ އެ އަންހެން މީހާ ފެނުނު ފަހުން، ލަމްޕްރޭ ވަރަށް ގިނައިން އެ ކެފޭއަށް ދެއެެވެ. ނޫފާ ފެނޭތޯއެވެ. ނުރާއާއި ވާހަކަދައްކަން ބޭނުންވެގެންނެވެ. މިގޮތަށް އޭނާ ހަ މަސް ދުވަސް ހޭދަކުރިއެވެ.

"އަހަރެން ކޮންމެ ދުވަހަކު ކެފޭއަށްގޮސް ނޫރާ ކޮބައިތޯ ބަލަން". އޭނާ ބުންޏެވެ.

އޭނާ ދެކެމުން އައި ހުވަފެންތަކުގެ ކުލަ ޖެހެން ފެށީ، އޭނާ ދިން ކޮފީގެ ދައުވަތު ނޫރާ ގަބޫލުކުރުމުންނެވެ. އެއިރު ނޫރާ ދެކެމުން އައީ ލަމްޕްރޭ އަކީ އޭނާގެ ރަހުމަތްތެރިއެއްގެ ގޮތުގައެވެ. އަދި ކޮފީ ބޯންވެސް ދަނީ އެހެންވެއެވެ.

މިގޮތަށް އުޅެމުން ގޮސް ލަމްޕްރޭ އިސްލާމްދީނާއި، ދީނުގެ ސަގާފަތާއި އެއްޗެހި ދިރާސާ ކުރަން ފެށިއެވެ. އަދި ލަމްޕްރޭ ހިތައް އެރީ އޭނާ ނޫރާ ބޭނުންނަމަ، ދީނުގައި އޮންނަ ގޮތަށް ކަންތައް ކުރަން ޖެހޭނެ ކަމަަށެވެ.

އަދި އޭނާ އިސްލާމްދީނަށް ވަނީ ދީން ދިރާސާ ކުރުމަށްފަހުއެވެ. އަދި އެއަށްފަހު ކޮންމެ ރެއަކު ގުރުއާން ކިޔަވައެވެ. އަދި އޭގެ ފަހުން އިސްލާމްވިއެވެ.

އަދި ލަމްޕްރޭ ވަނީ ނޫރާ ކައިރިން އިންނަން އަހާފައެވެ. އެކަން ނޫރާ ގަބޫލުނުކޮށް، ނޫރާ އެހީ ބައްޕަ ކައިރިންނެވެ. ލަމްޕްރޭ އޭނާއާއި ކައިވެނި ކުރަން ބޭނުންވާ ވާހަކައެވެ. ލަމްޕްރޭ، ނޫރާ ދެކެ ވާ ލޯތްބަކީ ތެދުވެރި ލޮތްބެއްތޯ ބެލުމަށް ނޫރާގެ ބައްޕަ ހެދި ޓެސްޓުން ލަމްޕަރޭ ފާސްވިއެވެ.

ނޫރާގެ ބައްޕަ ޓެސްޓު ހެދީ ތިން މަސް ވަންދެން، ލަމްޕްރޭ އާއި ނޫރާގެ ކައިވެނީގެ ގޮށް ޖެހުމުގެ ހުއްދަ ބައްޕަގެ ފަރާތުން ނުދީ ހުރުމެވެ. މިގޮތަށް ނޫރާގެ ބައްޕަ ހުރީ ލަމްޕްރޭ ފޫހިވެގެން ގޮސްދާނެތޯ ބެލުމަށެވެ. ނަމަވެސް އެ ޓެސްޓުން ލަމްޕްރޭ ފާސްވެ އެންމެ ފަހުން ބައްޕަގެ ރުހުން ލިބި ކައިވެނިވެސްކޮށްފިއެވެ.

އަދި އެ ކައިވެންޏަށް މިހާރު ހަތަރު އަހަރުވެއްޖެއެވެ. މި ދެމަފިރިންގެ މިހާރު ދަރިއަކުވެސް އެބަހުއްޓެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    އަލްޙަމްދުލިﷲ އެވެ. މާތްﷲ އެފަދަ ތެދުވެރި ލޯތްބަކާއިގުޅިގެންވެސް މީހަކަށް އިސްލާމްދީނުގެ ހިދާޔަތް ދެއްވިކަމަށްޓަކައި ޝުކުރުހުއްޓެވެ. މަތިވެރި އިސްލާމީ ޢަޤީދާގައި ފައިތިލަ ސާބިތުކޮށް ދުނިޔެ އުޅެ ނިމިދިއުމުގެ ނަޞީބު އެދެމަފިރިންނަށް ދެއްވާށިއެވެ.

    45
    1
  2. ހެޔޮބަސް

    ﷲއިީ ޢޯގާވަންތަރަސްކަލާގެ މިފިރިހެންމީހާއަށް ހިދާޔަތް ލިބުމަށް މެދުވެރިކުރެއްވީ އަންހެންމީހާ މިވެސް އެކަލާގެ ކުޅަދުންވަންތަވެރިކަން އިސްލާމްދީން ހުރިހާގޮތަކުންވަނީ ފުރިހަމަކުރައްވާފައި
    އެއީ ﷲ ބާއްވާލެއްވި ހަމައެކަނި ދީން ވީމާ މިދީނުގެ ހިދާޔަތްލިބުމަކީ ދެދުނިޔޭގެނަސީބުލިބުން
    ފަދަކަމެއް