މޯލްޑިވިއަން އައިޑަލް ސީޒަން ތިނަކުން މަރިޔަމް ސަލްވާ އާއި ޝާން ޝަރީފް ކަޓައިފިއެވެ.
މި ދެ ހުނަރުވެރިން ކަޓާފައިވާކަން އިއުލާނުކޮށްފައި ވަނީ ރޭ ކުރިއަށްދިޔަ ގާލާ ރައުންޑުގެ ފުރަތަމަ އެލިމިނޭޝަން ނައިޓްގެ ޝޯވގައެވެ.
ސަލްވާ އާއި ޝާންއަކީ ވެސް ރީތި ލަވަތަކެއް ހުަށަހަޅައިދެމުން އައި ދެ ފަންނާނުނެވެ. އަނެއް ރައުންޑަށް ދިޔުމުގެ ފުރުސަތު ސްލްވާ އާއި ޝާންއަށް ނުލިބުނު ނަމަވެސް، ދެ މީހުންވެސް ތިބީ ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދާ ގޮތަށެވެ.
ރޭ ބައިވެރިންގެ ފަރާތުންވެސް ރީތި ހުށަހެޅުންތަކެއް ފެނިގެންދިޔައިރު، ރޭ ފެނިގެން ދިޔަ ލަވަތަކަކީ އެ ބައިވެރިންގެ ކުޑައިރުގެ ހަނދާންތަކެވެ. އަންނަ ހަފްތާގައި އޮންނަ އައިޑޮލްގެ ގަދަ 10 ގެ ޝޯވއަށް ހުރިހާ ބެލުންތެރިން އިންތިޒާރު ކުރާނެ ކަން ޔަގީނެވެ.
މޯލްޑިވިއަން އައިޑޮލްގެ ގަދަ 10 ޔަގީންވި ބައިވެރިންނަކީ ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަލްސީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް، ރައިހާން އާދަމް، މަރިޔަމް މައީޝާ، ޢަބްދުﷲ މުނާޒް، ޢަބްދުﷲ މުރުޝިދު އަދި އައިޝަތު އަޒަލް އަލީ ޒާޙިރު އެވެ.
މޯލްޑިވިއަން އައިޑޮލް އަކީ ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވކަން ފާހަގަކޮށްލަން ޖެހެއެވެ.
ޜ ޢަތޮޅު ކުދިން ކޮއްމެފަހަރަކު ފުރަތަމަ ކޮޅުގައި އެލިމިނޭޓް ކުރަނީ
އަލޭ!
ދެކުދިން ކުރި ހިއްވަރަށް ހަމަ ސާބަސް!!!
ތިއީ ޝައިނާ އަށް ޓައިޓުލް ދޭން ވެގެން ދުރާލާ ރޭވިގެންދާ ކަމެއް. މިފަހަރު އޮޑިޝަނުން ފެށިގެން ޖަޖުން ނާއި ތީގެ ޕްރޮޑަކްޝަން ޓީމުން ބޭނުންވަނީ ޝައިނާއަށް ދޭން. ކިރިޔާވެސް ޝައިނާ އާއި ވާދަ ކުރެވޭ މީހަކަށް ހުރީ ޝާން . އެހެންވެގެން ދެން ތިބި މީހުންނާނާއި ވާދަކޮށް ޝައިނާއަށް ދީގެން އެއްވެސް މީހަކު މައްސަލައެއް ނުޖައްސާނެ ދޯ ، މިހާ ކުރިން ޝާން ކަޓުވާލީމައި ފިނާލޭ އާއި ހަމަޔަށް ދާއިރު މީހުން ތިބޭނީ ޝާން މަތިން ހަނދާން ނެތިފައި ދޯ... ޢޭތި އެ ހަދަނީ..
ޝާންއަކީ އަދި ކަޓަން ޖެހޭ ބައިވެރިއެއް ނޫން..! ކުރީ ރޭ އެއަށްވުރެ މާކަޑަކޮށް ހުށަހަޅައި ދެވުނު ކުދިންވެސް ތިބި..!
ޝާން އަކީ ޓޮޕް 10 ގަ ހިމެނެން ޖެހޭ ބައިވެރިއެއް