އުމުރުން 18 އަހަރުގެ މީހަކު ފޯނުން ވާހަކަދައްކަމުން ދަނިކޮށް އެ ފޯނު ގޮވުމުގެ ސަބަބުން އޭނާ މަރުވެއްޖެއެވެ.
އިންޑިއާގައި ހިނގި މި ހާދިސާގައި މަރުވީ 18 އަހަރުގެ އަންހެނެކެވެ. މި ހާދިސާ ހިނގިއިރު، އޭނާ އޮތީ ފޯން ޗާރޖަށް ޖަހައިގެން ވާހަކަދައްކާށެވެ.
އޮޑިޝާގައި ހުންނަ އޭނާގެ ގޭގައި މި ހާދިސާ ހިނގިއިރު، އެ ފޯން ގޮވުމުގެ ސަބަބުން އޭނާ އަތަށާއި، މެޔަށާއި، އަދި ފަޔަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އަދި އޭނާ ވަގުތުން ކައިރި ހޮސްޕިޓަލަކަށް ގެންދެވުނު ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވަނީސް ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާކަމަށް ބުނެފައެވެ.
މި ހާދިސާގައި މަރުވީ އޮރަމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެވަގުތު ފޯނުން ވާހަކަދައްކަމުން ދިޔައީ ގާތް ތިމާގެ މީހަކާއެވެ.
އޮރަމްގެ ބޭބެއާ ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އަޮރަމް ފޯން ޗާރޖަށް ޖެހީ ފޯން ބެޓަރީ ހުސްވަމުންދާތީއެވެ. އަދި އެއިރުވެސް އޭނާ ހުރީ ފޯނުގައިކަމަށް އޭނާގެ ބޭބެ ބުނެފައި ވެއެވެ. އެހެން ނަމަވެސް އޭނާއަށް ވީގޮތް ރަނގަޅަށް ނޭގި ހުއްޓާ އޭނާ ފެނުނީ ބިންމަތިން ކަމަށްވެސް އޮރަމްގެ ބޭބެ ބުނެފައި ވެއެވެ.
އޮރަމް ބޭނުން ކުރަމުން ދިޔައީ ނޮކިޔާ 5233 ގެ ފޯނެއްކަމަށް ވެއެވެ.
ތިވާނީ އިންޕްރޮވައިސް ޑިވައިސްއެއްކަމަށް ސިޔާސީ މީހަކަށް އޮތް ޓާގެޓެއްގައި އެ ސޮރު ފަކީރު އެމަރުވީ
މައުސް އަޅެ ލިޔުން ކިޔާލާފަ ކޮމެންޓް ކުރިނަމަ ދޯ... 18 އަހަރުގެ ސޮރެއް ތޯ ނޫނީ މަންޖެއެއް ތޯ އެނގޭނީ އޭރުންނެއްނު....
އަސްލުވެސް ....
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ