ފައިިދިގު މަކުނަކުން އިންސާނެއްގެ މޫނު ވައްތަރު ގޮތަކަށް ހުރި އެއްޗެއް ފެނިގެން އެތައް ބަޔަކު އެ ވާހަކަދައްކަމުން އެބަދެއެވެ.

މިހާރު މީސް މީޑިއާގެ ދައުރުވަމުން އަންނަ ވީޑީއޯއަކުން ފެންނަ އެ ފައިދިގު މަކުނު ފެނިގެން އެތައް ބަޔަކު ވަނީ ބިރުގަނެފައެވެ. ގިނަ ބަޔަކު ބިރުގަނެފައި ވަނީ ފައިދިގު މަކުނުގެ ފަހަތުގައި ދެލޯ އަދި އަނގައެއް ގޮތަށް ހުރި އެއްޗެއް ހުރުމުންނެވެ.

ޓްވިޓާގައި އެ ވީޑިއޯ ދަައުރުވަމުން އަންނަ އިރު، އެ ފައިދިގު މަކުނަކީ ހުނާންގައި ހުންނަ ގެއެއްގެ ތެރެއިން ފެނުނު މަކުނެއް ކަމަށް ވެއެވެ. އެއީ ވަރަށް ތަފާތު މަކުނެއްކަމަށް ޓްވިޓާގައި ގިނަބަޔަކު ބުނަމުން ދިޔައެވެ.

އެއީ ފެހި ކުލައިގެ މަނުކެވެ. ޗައިނާ ޑެއިލީއިން ބުނީ އެ ފައިދިގު މަކުނު ފެނިފައި ވަނީ ހުނާންގެ ގަހެއްގައި އޮއްވައިކަމަށެވެ. އެ މަކުނު ފެނިފައި ވަނީ އަންހެނަކަށެވެ.

އެއީ އިންސާނުންނަށް ގޯނާ ކުރާ ޒާތުގެ ފައިދިގު މަކުނެއް ނޫން ކަމަށް ޓްވިޓާގައި ވާހަކަދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ. ޖ. އ

    އަސްތަގުފިރުއްﷲ..
    ތިވަރަކަށް ދެން ވައްތަރުވާނި.. އިންސާނުން ފެންނަނީ ޖަނަވާރުން ސިފައިގަ ތަ

    • XD

      އިންސާނުންނަކީ ހަމަ ޖަނަވާރުން.

      3
      1