ސަނީ ލިއޯން ފެނިގެންްދިޔަ ފިލްމް އަރްޖުން ޕަޓިއާލާގައި ސަނީގެ ފޯން ނަމްބަރު ކަމަށް އެތައް ހާސް ބަޔަކު އެ ފޯން ނަމްބަރަށް ގުޅުމުން ޖެހުނު ބޮޑު މައްސަލާގައި ސަނީ އެ ނަންބަރުގެ ވެރިފަރާތުގެ ކިބައިން މައާފަށް އެދިއްޖެއެވެ.
ސަނީގެ ނަންބަރު ކަމަށް ހީކޮށް އެތައް ހާސްބަޔަކު ގުޅި އެ ނަންބަރުގެ އަސްލު ވެރި ފަރާތަކީ ޕުނީތް ނަމަކަށް ކިޔާ އިންޑިއާ މީހެކެވެ.
މިކަން މީސް މީޑިއާގައި ފެތުރި ހަބަރުތަކުގެ ސުރުހީތަކަށް އެރުމުން ސަނީ ވަނީ ވަކިން އެމީހާއަށް ގުޅާ އެހެން އެކަންތައް ވީތީ މައާފަށް އެދިފައެވެ.
ޕުނީތް ބުނީ، އެ ފިލްމް ނެރުނުއިރުން ފެށިގެން މިހާރު އެތައް ބަޔަކު އޭނާއަށް ގުޅާފައި ވާކަމަށެވެ. އަދި ސަނީ ލިއޯންއާއި ވާހަކަދައްކަން ބޭނުންވާކަމަށް ބުނާ ކަމަށްވެސް އޭނާ ބުންޏެވެ.
"ޖުލައި 26ގައި މި ފިލްމް ނެރުނީ އެއިރުން ފެށިގެން ނުދަންނަ އެތައް ބަޔަަކު އަހަންނަށް އެބަގުޅާ. ސަނީ ލިއޯންއާއި ވާހަކަދައްކަން ބޭނުމޭ ބުނެ، އަހަރެން ހީކުރީ އެންމެން އަހަރެން ހައްދަނީ ކަމަށް. އަހަރެންނަށް ފަހުން އެނގުނީ އެ ފިލްމްގައި ސަނީގެ ނަމްބަރު ކަމަށް ބޭނުންކޮށްފައި ވަނީ އަހަރެންގެ ނަމްބަރު ކަން". ޕުނީތް ބުންޏެވެ.
އޭނާ ބުނިގޮތުގައި، އެތައް ބަޔަކު އޭނާއާ ގުޅާ ޖެއްސުންވެސް ކުރަމުން ދެއެވެ. އަދި މިހާރު އޭނާ ވަނީ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.
"އަދި މިހާތަނަށް ފުލުހުންވެސް އެ މައްސަލާގައި ފިޔަވަޅެއް އަޅާފައެއް ނުވޭ". އޭނާ ބުންޏެވެ.
ސަނީލިއޯން އެކޮން ގޯހެއްނޫން