މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ރާމާމަކުނެއް ވަގަށް ގެންދިޔަ 17 ދުވަސްވީ ކުއްޖަކު ވަޅެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އިންޑިއާގެ އޮޑިޔާގެ ޓަލަސްބަތާ ވިލޭޖެގައި މި ހާދިސާ ހިނގިއިރު، އެ ކުއްޖާ ފެނިފައި ވަނީ އިއްޔެގެ ވަގުތެއްގައި އެ ކުއްޖާ ދިރިއުޅޭ ގެ ކައިރިއާ މާ ދުރުނޫން ހިސާބެއްގައި ހުރި ވަޅެއްގެ ތެރެއިންނެވެ.
ރާމާމަކުނު އައިސް އެ ކުއްޖާ ވަގަށް ގެންގޮސްފައި ވަނީ އެ ކުއްޖާ ނިދާފައި އޮއްވައެވެ. ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ކުއްޖާގެ މަންމަވެސް ނިދާފައި އޮއްވާ އެ ކުއްޖާގެ މަންމައަށް ހޭލެވުނުއިރު، އެ ރާމާމާކުނު އެ ކުއްޖާ ގޮވައިގެން ފިލަނީއެވެ. ރާމާމަކުނު ހުއްޓުވަން މަންމައަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
އެހެން ނަމަވެސް އެކަން ފުލުހުންނަށް އޭނާ ރިޕޯޓްކުރިއެވެ. އެއާއެކު ފުލުހުންނާއި ފަޔާ އެންޑް ރެސިކިއުވެސް އެ ކުއްޖާ ހޯދުމުގެ މަސަައްކަތް ފެށިއެވެ.
ބެލެވޭގޮތުގައި، އެ ކުއްޖާ ވަގަށް ނަގައިގެން ރާމާމަކުނުގޮސް އެއްލާލީ ވަޅަށެވެ. އެތާ އޮވެ އެ ކުއްޖާ މަރުވީއެވެ، އެ ކުއްޖާގެ ޕޯސްޓްޕޯޓަމް ހެދުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
އެކަމާއި ގުޅިގެން އެ އާއިލާ ތިބީ ފުންހިތާމައެއްގެ ތެރޭގައެވެ.
ހަރަމްބޭ ގެ އިދިކޮޅު.ދަރިން ވަގަށް ނަގާ ރާމާ މަކުނު