އެއް ގަޑިޔަކަށް ނިދާ އަދި ހެނދުނު އެއް ގަޑިޔަކަށް ހޭލަނީ ވިސްނުން ތޫނު ކާމިޔާބު މީހުން ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.
ދިރާސާ އަކުން ދައްކާ ގޮތުގައި ކޮންމެ ރެޔަކު ވެސް އެއް ގަޑިޔަކަށް ނިދާ އަދި ހެނދުނު އެއް ގަޑިޔަކަށް ހޭލުމަކީ ކިޔަވާ ކުދިންނާއި އަދި ވަޒީފާ އަދާ ކުރާ މީހުންގެ ވިސްނުން ތޫނު ކަމާއި ކާމިޔާބާއި ގުޅިފައިވާ ކަމެކެވެ.
އެމެރިކާގެ ހާވާޑް ޔުނިވިސިޓީ އިން ހެދި ދިރާސް އަކުން ދައްކާ ގޮތުގައި 7 ގަޑި އިރު ނިދިޔަސް ނުވަތަ އެއަށް ވުރެން ގިނަ އިރު ނިދި ކަމުގައި ވިޔަސް ހަށިގަނޑާއި ސިކުނޑިއަށް އެންމެ އެދެވޭ ގޮތުގައި އަރާމު ލިއްބައިދޭނީ އެއް ގަޑިޔަކަށް ނިދަން އޮށޯންނަ ކަމުގައި ވާނަމައެވެ.
އެއް ގަޑިޔަކަށް ނިދަން ނޯށޯންނަ ކަމުގައިވާ ނަމަ ނިދުމުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ނުލިބޭނެ އެވެ.
60 ދަރިވަރުން ހިމަނައިގެން ހާވާރޑް ޔުނިވަރސިޓީ އިން ހެދި ދިރާސާއިން ހާމަވި ގޮތުގައި ނިދުމުގެ ބައްޓަން އަބަދުވެސް އެއް ގޮތަކަށް ބަހައްޓާ ދަރިވަރުންގެ ނަތީޖާ އެހެން ދަރިވަރުންނާއި އަޅާ ބަލާ އިރު މާ ރަނގަޅެވެ.
މި ދިރާސާގެ އިސް ފަރާރެއް ކަމަށްވާ ޗާލްސް ޗެޒްލާރ ބުނީ ގޮތުގައި މިހެން މި ވަނީ އެކި ގަޑި ގަޑީގައި ނިދަން އޮށޯތުމުން ހަށިގަނޑުގެ ސަރކޭޑިޔަން ރިތްމް އަށް ބުރޫ އަރާތީއެވެ.
ސަރކޭޑިޔަން ރިތުމްއަކީ 24 ގަޑި އިރުގެ ތެރޭގައި ހަށިގަނޑާއި ވިސްނުމާއި އުޅުމަށް އަންނަ ބަދަލެވެ.
ހަށިގަނޑަށް ގުދުރަތީ އަލި ލިބޭ މިންވަރަކުން މި ރިތްމްއަށް އަސަރު ކުރާނެއެވެ. އެހެން ކަމުން ރޭގަނޑު ގަޑީގައި އެއް ގަޑިޔަކަށް ނިދާ މީހުންނަށް ކޮންމެ ދުވަހަކު ވެސް ގުދުރަތީ އަލި ލިބޭނީ އެއްވަރަކަށެވެ.
ކަން މިހެން ހުރުމާއި އެކު 7 އިރުގެ ނިދި ހަމަ ކުރުމާއި އެއްވަރަށް ގަޑިޔަށް ނިދަން ސަމާލުކަން ދޭން ޖެހޭނެއެވެ.