ޓީޗަރުން ތަކަކަށް ދަރިފަނިތަކެއް އަޅާފައި ކާ އެއްޗެހި ދިން މައްސަލާގައި އެމެރިކާގެ ހަތް ދަރިވަރަކަށް ދައުވާ ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ އޮހާއޯގައި ހުންނަ އޮލެންޓެންގީ ހަޔަޓްސް މިޑްލް ސްކޫލްގައެވެ.
ޕްރޮސެކިއުޓާ ބުނެފައިވަނީ ދަރިވަރުންތައް އެކަން ކޮށްފައިވަނީ ކްލާހުގައި ބޭއްވި ކެއްކުމުގެ މުބާރާތެއްގެ ތެރޭގައި ކަމަށެވެ.
"ކްލާހުގައި ބޭއްވި ކެއްކުމުގެ މުބާރާތުގައި ދަރިވަރުން ތައްޔާރު ކުރި ކާ އެއްޗެހި ޓެސްޓް ކުރަން ޓީޗަރުން ތިބީ ޖަޖުންގެ ގޮތުގައި" ޕްރޮސެކިއުޓާ ބުންޏެވެ.
މި ދަރިވަރުންތަކަށް ދައުވާ އުފުލާފައިވަނީ ގަސްތުގައި މީހަކަށް ގެއްލުން ދިނުމުގެ ދައުވާ އެވެ. އެއް ދަރިވަރަކު ވަނީ ދަބަހަކަށް ދަރިފަނި އަޅައިގެން ސްކޫލަށް ގެނެސް ކާ އެއްޗެއްސަށް އެޅި މައްސަލާގައިވެސް ދައުވާ ކޮށްފައެވެ. ބައެއް ދަރިވަރުންނަށް ވަނީ އެކަމުގައި ބައިވެރި ކަމަށް ދައުވާ އުފުލާފައެވެ. އަދި ބައެއް ދަރިވަރުންނަށް އެކަމުގައި ބައިވެރިވެ އެކަމަށް ތާއިދު ކުރި ކަމުގެ ދައުވާ ވެސް ކޮށްފައިވެއެވެ.
ޓީޗަރުން ވަނީ ދަރިވަރުން ކާ އެއްޗެހި ތައްޔާރު ކުރުމުން އެ އެއްޗެހި ކާލާފައެވެ. މި ކުދިންތައް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކޯޓަށް ގެނެވޭނެ ކަމަށް ޕްރެސެކިއުޓާ ބުންޏެވެ. އެކުދިން އެކަން ކޮށްފައިވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ.
ފުލުހުން ބުނީ އެއީ ބަޔަކު ބުނެގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް ވެދާނެ ކަމަށާއި ނުވަތަ ޓީޗަރުންނަށް ގެއްލުމެއް ދިނުމުގެ މަޤުޞަދުގައި އަމިއްލަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަންވެސް ވެދާނެ ކަމަށެވެ.
ނޫނޭ ތިވާނީ ރައީސް ޔާމިން ކުރިކަމަކަށް
ސިއްހީ ގޮތުން ގެއްލުމެއް ލިބޭނެކަމަކަށް ލަފާނުކުރެވޭ ނަމަވެސް އިންސާނުން މިތިބީ ހައިވަނުންނަށް ވުރެ ދަށު ދަރަޖައިގަ ކަމާމެދު ޝައްކެތްނެތް. މުޅި އިންސާނީ ނަސްލު ނިމިދިއުން ވަނީ ކުރެވޭ މިފަދަ އެކްސްޕެރިމެންޓްތަކުގެ ސަބަބުްނ
ނެއިސައުގެއް!!
ކޮންއެއްޗެއްގެ ދަރިފަނިބާ؟ ދަރިފަނި ވަރަށްގިނަ މަޚްލޫގުތަކުގައިވޭ.
ތިނުކާމީހަކު ނޫޅޭނެ.. މިއުޅޭ ބަންގާޅީންވެސް ނޭނގެ ނުކާންދޭކަމެއް ރެސްޓޯރަންޓަށްކާން އަންނަމީހުންނަށް..
ގެއްލުމެއް ވާނެތައެކައިގެން ؟ ނަމަވެސް ހަޑިކަމެއް.
ދަރިފަނިތަ އެޅީ ނޫނީ މަނިތަ؟
މަ ބޭނުން ދަރިފަނި ބޯން ކެރޭ އަންހެނެއް.. މިހާރު އުޅޭ އަންހެނުންގެ ތެރޭން މަދުބަޔަކަށް ފިރިން ސެޓިސްފައި ކޮށްދެވެނީ.
މަ ވަރަށްކަން..