ކުރަފިދެކެ ބިރުގަންނަ މީހުން އަހަރެމެންގެ ތެރޭގައި ވަރަށްވެސް ގިނައެވެ. އާއްމުކޮށް މީހުން ހީކުރާ ގޮތުގައި ކުރަފި ދެކެ ބިރުގަންނަނީ އަންހެނުންނެވެ. ނަމަވެސް، ގިނަ އަދަދެއްގެ ފިރިހެނުންވެސް އަންހެނުންނެކޭ އެއްފަދައިން ކުރަފި ދެކެ ވަރަށްވެސް ބިރުގަނެއެވެ.

ކަޓްސަރިޑަފޯބިއާ އަކީ ކުރަފި ދެކެ ބިރުގަންނަ މީހުންނަށް ކިޔާ ނަމެވެ. މި ފޯބިއާގެ ޝިކާރަ އަކަށް ދުނިޔޭގެ 40% ވުރެ ގިނަ މީހުން ވެފައި ވާއިރު ރާއްޖޭގައިވެސް ގިނަ ވާނީ ކުރަފި ދެކެ ބިރުގަންނަ މީހުންނެވެ. ބައެއް މީހުން ގޭތެރޭގައި ކުރައްޕެތް ފެނުމުން ބިރުން ފުންމައިގެން މުޅި ގޭތެރޭ ދުވާ ނަގާއިރު އަނެއްބައި މީހުން ތިބެނީ ބިރުނުގަންނަ ކަމަށް ހެދިގެން އެ ކުރަފި އެމީހެއް ކައިރި އަށް ނާދޭތޯ ދުއާކޮށްލަ ކޮށްލައެވެ.

ބައެއް ދިވެހިން ބުނާގޮތުގައި އަސްލު ބިރުގަންނަނީ ކުރައްޕެތް ފެނުމަކުންނެއް ނޫނެވެ. ބިރުގަންނަނީ އުދެހޭ ކުރަފިތައް އުދުހެން ފެށުމުންނެވެ. ދެން ތިބި މީހުން ބުނާ ގޮތުގައި ކުރަފި ދެކެ ބިރު ގަންނަނީކީ އެއް ނޫނެވެ. އޭތި މުޑުދާރު ތަންތަނުގައި އުޅޭތީ އޭތި ދެކެ ފަކުރު ގަންނަނީއެވެ. ނަމަވެސް މިއީ ހަމަ ކުރަފި ދެކެ ބިރުގަންނަ ކަމަށް އެއްބަސް ނުވާން ދައްކާ ބަހަނާތަކެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކުރަފި ދެކެ ބިރުގަންނަނަމަ އެއީ ސިއްހީ ގޮތުން މީހާ ދުޅަހެޔޮ ކަމުގެ ނިޝާނެކެވެ. ބިރު ނުގަންނަ މީހުން އެއީ ކޮންމެވެސް ކަހަލަ ބައްޔެއް ހުންނަ މީހުން ކަމަށް އެ ދިރާސާ އިން ވަނީ ހާމަވެފައެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ވީ މިއީ ގިނަ މީހުންގެ ގޮތް ކަމެވެ. ހުރިހާ އެއްމެނަށް ދިމާވާ ގޮތެއް ނޫނެވެ.

ކުރަފި ދެކެ ބިރުގަންނަ މީހަކު އެނގޭ ހެއްޔެވެ؟ ނުވަތަ ބިރުނުގަންނަ ކަމަށް ހެދިގެން އުޅޭ މީހަކު އެނގޭ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަ

    އަހަރެންގެ ފިިރިސޮރު ވ ބިރުގަންނަ އެއްޗެއް ތީ. އެއްރޭ އޮތް ކުރަތްޕަކައް ފިލަން ދުއްވައިގަންތަނުން އަނގަވަތައް ވެއްޓިފަވެސް. އޭރު ކުރަފިނެތް ފެންނަންވެސް. ?

    29
  2. ނަވްބެ

    މަވެސް މަ އަންހެނުންވެސް ބިރުގަނޭ.......އަދި ގައިގަ ޖައްސައިފިޔާ ކައިރީގަހުރި އެއްޗެހި ވައްޓާސުންނާފަތިކޮށް ދުވެ ބަޗާނަން...

    21
    1
  3. ފާތުމް

    ކުރައްޕެއްފެނިޖިއްޔާ އަހަރެން ބިރުންދުވެގޮސް ގައިގަފޮތިގަނޑެއްއޮޅައިގެން އޮންނަނީ މީހަކުއައިސް އެއެތި މަރަންދެން މަހައްޓަކު ހެއެއްނުހުރޭ

    11
    1
  4. ފާތުމް

    މަހައްޓަކު ހެއެއްނުހުރޭ

    7
    1
  5. pizza

    ހެހެހެ..... މަވެސް ވ ބިރުގަންނަ އެއްޗެއްތިއީ....

    11
    3
  6. އަފީ

    ކުރެއްޕެއް ފެނުނީމަ މަގޭ ހައްޓަކު ހެއެއް ނުހުރޭ! އަވަހާ ބަލަނީ ބެލްކަނިން 10 ބުރި މަތިން ފުންމާލެވޭތޯ ސަލަމާތްވާންވެގެން.

    7
    1