އަވައްޓެރި ޕާކިސްތާންގެ ޕަންޖާބީ އަވަށުގައި އަންހެން ކޮއްކޮ އަކު އޭނާގެ މައިން ބަފައިންގެ ގެއިން އޭނާއަށް ވާ ބައި ދިނުމަށް އެދުމުން އޭނާގެ ބޭބެ އެ އަންހެން ކުއްޖާގެ ފައި އަނިޔާވެރިގޮތަކަށް ބުރިކޮއްލައިފިއެވެ.
ޕާކިސްތާންގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މި އަންހެން މީހާގެ ފައި އޭނާގެ ބޭބެ ބުރިކޮށްލީ ގެއިން ބައެއް ދިނުމަށް އެދި ނުދިނުމުން އޭނާ އެކަމުގައި ކޯޓަށް ދާނަމޭ ބުނުމުން އައި ރުޅީގައެވެ.
ޕާކިސްތާންގެ ހަބަރުތަށް ގެނެސްދޭ ނޫހަކުން ރިޕޯޓް ކޮއްފައިވާ ގޮތުގައި ބޭބެ އަންހެން ކޮއްކޮގެ ފައި ބުރި ކޮއްލާފައިވާނީ ކޯރާޑިއަކުން އެކި ފަހަރު މަތިން ޖަހައިގެންނެވެ. ކޯރާޑިން ޖަހާ އެއްފަހަރުން ފައި ބުރި ނުވުމުން އެކި ފަހަރު މަތިން ޖަހައި ފައި ބުރިކޮށްލުމުން ފައިގެ އެހިސާބުގަނޑު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ޗަސްވެފައެވެ.
މި މަންޒަރު ފެނުނު މީހުން ވަނީ އެ އަންހެން ކުއްޖާ ވަގުތުން ކައިރީ ހިސާބުގައި ހުރި ފަރުވާދޭ ކުލިނިކަކަށް ގެންގޮސްފައެވެ. ނަމަވެސް އެތަނުން ރަނގަޅު ފަރުވާ ނުލިބޭތީ މިހާރު އެކުއްޖާ ވަނީ އެސަރަހައްދުގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. މި އަންހެން ކުއްޖާގެ ގައިން ގިނަ އަދަދަކަށް ލޭފައިބާ ފައިވާތީ މިކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މީޑިޔާއަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާއިރު ކޯރާޑިން ޖެހި ފިރިހެންމީހާ މިހާރުވަނީ ފިލައިފައެވެ. އަދި އޭނާ ހޯދުމަށް ފުލުހުން ދަނީ އާއްމުންނާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.
މަންޒަރު ދުއް މީހުން ބުނާގޮތުގައި އެމީހާ އޭނާގެ ކޮއްކޮގެ ފައި ބުރިކޮއްލީ ގާގަޑެއްގެ މައްޗަށް ކޮއްޕާ ވައްޓާލުމަށްފަހު ކޯރާޑިން ތަޅާ ވަރަށް އަނިޔާވެރި ގޮތަކަށެވެ.
މާލޭގަވަސަ މިޙާރު މިކަހަލަ ނުލަފާބޭބޭން އުޅޭ
ސުބްޙާނަﷲ.
ކޮއްކޮގެ ވެރިކަން ވައްޓާލަންވެސް އުޅުނު މާލޭގަ އުޅޭ މިކަހަލަ ބޭބެއެއް. އަސްލު ހަދަންޖެހޭ ގޮތަކީ ކޮށި ކަތިވަޅިއަކުން އެއްފައި ބުރިކޮށްލަންވީ. މިކަންތައް ލަސްވީމަ އެހެން ނެހެދުނީ.
ބައެއް އިންސާނުންތިބެނީ މުދަލާހެދިމޮޔަވެފަ ހީވާކަހަލަ ކަށްވަޅަށްވެސް ދާނީ އެއްކުރިމުދާބޮނޑި ހިފައިގެންނޭ. އެހެޔޮނުހައްގުން މީހެއްގެ މުދާހޯދަންވެސް .