ފްރޭން ސެލަކް އަކީ ކްރޮއޭޝިއާގެ ރައްޔިތެކެވެ. އޭނާއަށް ދުނިޔޭގައި މިހާތަނަށް ދިރިއުޅުނު އެންމެ ނަސީބުގަދަ މީހާގެ ނަން ދެވިފައި އޮންނަނީ ސަބަބަކާއި ނުލައެއް ނޫނެވެ. ފްރޭން ސެލަކް އަކީ ގިނަ މީހުންނަށް އެމީހުންގެ މުޅި އުމުރު ދުވަހުގައިވެސް ކުރިމަތި ނުވާހާ އެތައް ނުރައްކާތަކަކާއި ކުރިމަތިލައި އެކަންކަމުން ސަލާމަތްވެފައިވާ މީހެކެވެ. އަދި އޭގެ އިތުރުންވެސް އޭނާއަކީ ފައިސާގެ ކަންކަމުގައިވެސް ވަރަށް ނަސީބު ރަނގަޅު މީހެކެވެ. އޭނާގެ ވާހަކަ ދަންނަ މީހުން ދެކޭގޮތުގައި އިންސާނެއްގެ އަތުގައި ނަސީބު ހިފާނީ އެވަރަކަށެވެ.
ފްރޭން ސެލަކް އަކީ ކްރޮއޭޝިޔާގެ މިއުޒިކް ޓީޗަރެކެވެ. ޓީޗަރުންގެ ދިރިއުޅުމަކީ އެހާ އާދަޔާޙިލާފް ދިރިއުޅުމެއް ކަމުގައިނުވި ނަމަވެސް ފްރޭންގެ ދިރިއުޅުމަކީ އާދަޔާޙިލާފް ކަންކަމުން ފުރިފައިވާ ދިރިއުޅުމެކެވެ. އޭނާއަކީ މަގުމަތީގެ އެތައް އެކްސިޑެންޓެއް ކުރިމަތިވެ އެ ހުރިހާ ކަމަކުންވެސް ސަލާމަތްވެފައިވާ މީހެކެވެ.
އޭނާ ވަނީ ރޭލު އެކްސިޑެންޓެއްގެ އިތުރުން މަތިންދާބޯޓެއް ވެއްޓުމުގެ ހާދިސާއެއްވެސް ތަޖުރިބާކޮށްފައެވެ. ބަސް އެކްސިޑެންޓެއްގެ ތަޖުރިބާވެސް ފްރޭން ކުރިއިރު އޭނާ ގައިގައި ވަނީ އޭގެ ފަހުން ބަހަކުން ޖެހިގެން ވެސް އެކްސިޑެންޓްވެފައެވެ. އޭނާ ދުއްވަމުންދިޔަ ކާރުގެ އެތައް މައްސަލައެއް ކުރިމަތިވެ ދެ ތިން ފަހަރެއްގެ މަތިން ވަނީ ގޮވަންވެސް ގޮވައިފައެވެ. އަދި އެއް ފަހަރު އޭނާ ދުއްވަން އިން ކާރު ވަނީ އުސް ވެލިފުންޏެއް މަތިންވެސް ވެއްޓިފައެވެ. ގަބޫލުކުރެވޭތޯ؟ ފްރޭންގެ ނަސީބު އެހާހިސާބުން ނިމުނީއެއް ނޫނެވެ. އެ ހުރިހާ ކަމަކުން ސަލާމަތްވެ ފްރޭން ވަނީ 2003 ވަނަ އަހަރު ކްރޮއޭޝިޔާގެ ލޮޓަރީއިން އެއް މިލިއަން ޑޮލަރުވެސް ކާމިޔާބުކޮށްފައެވެ.
އެއާއިއެކު އޭނާގެ ދިރިއުޅުމުގެ ހާލަތުވެސް ބަދަލުވެގެންދިޔައިރު އޭގެ މަދު އަހަރުތަކަކަށްފަހު އޭނާ ވަނީ އެ މުއްސަނދި ދިރިއުޅުން އޭނާ ބޭނުންނުވާކަމަށް ނިންމައި އޭނާ ކާމިޔާބުކުރި ފައިސާތައް ގާތްތިމާގެ މީހުންނާއި އެކުވެރިންނަށް ހަދިޔާކޮށް ހުސްކޮށްފައެވެ. އަދި އޭނާގެ ޕްރައިވެޓް ރަށުގައި ހުންނަ ބޮޑު ގެ ވިއްކާލައި އޭނާ ވަނީ ކުރިން އޭނާ ދިރިއުޅެމުންދިޔަ ރަށް ޕެޓްރިންޖާގައި ހުންނަ އޭނާގެ އާދައިގެ ގެޔަށްވެސް ބަދަލުވެފައެވެ.
ފްރޭން ބުނާގޮތުގައި ފައިސާއަކީ މީހާގެ އުފާވެރިކަން އިތުރުކޮށްދޭ އެއްޗެއް ނޫނެވެ. އާދައިގެ ދިރިއުޅުމެއްގައި އޭނާގެ އާއިލާއާއިއެކުގައި އުފާވެރި ދިރިއުޅުމެއް އުޅުމަކީ އޭނާ މާ ހިތްއެދޭ ކަމެކެވެ.
ޙާޤީޤީ ނަސީބަކީ ޤިޔާމަތްދުވަހުން ޢަމަލުގެ ފަތް ކަނާއަތައް ލިބުން... ސުވަރުގެ ވަދެވުން
މުސލިމަކަށް ނުވާތީ ތި ކުރާ އެއްވެސްކަމެއްގައި ނަޞީބެއް ނެތް! އާޚިރަތުގަހުރ ވޭންދެނިވި ޢަޒާބު!
ހަގީގީ އުފާވެރި ކަން ތިކަމުން ވެސް ލިބެން އޮތީ މުސްލިމަކަށް ވެގެން.. މާތް ﷲ ތިބާ އަށް ރަނގަޅު މަގު ދައްކަވާންދޭވެ.. އާމީން...
ހަގީގީ އުފާވެރި ކަން ތިކަމުން ވެސް ލިބެން އޮތީ މުސްލިމަކަށް ވެގެން.. މާތް ﷲ ތިބާ އަށް ރަނގަޅު މަގު ދައްކަވާންދޭވެ.. އާމީން...