އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ރަނިކަން ކުރި ސްރީ ދޭވީގެ ހަނދާންތައް އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި އެކި ގޮތް ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އެ ހިތާމަ އަދިވެސް ކުރަމުންދާ ތަރިން މަދެއް ނޫނެވެ.
އޭގެ ތެރޭން އެކަކީ ފިލްމީ ތަރިންނާއި މަޝްހޫރު ފަންނާނުންގެ ޑިޒައިނަރެއްގެ ގޮތުގައި ފެނިގެންދާ މާނިޝް މަލްހޮޓްރާއެވެ. އޭނާއަކީ ސްރީ ދޭވީގެ މަރުވުމުގެ ކުރިން އެރޭ ސްރީ ދޭވީ އާ ވާހަކަދެއްކި ކަމަށް ބުނާ އެކެކެވެ.
އޭނާ ބުނިގޮތުގައި، އޭނާ އެރޭ ސްރީދޭވީ އާ ވާހަކަދެއްކީ ސްރީ ދޭވީގެ ދަރިފުޅު ޖަންވީގެ ފުރަތަމަ ފިލްމާއި ގުޅޭގޮތުންނެވެ.
"މިއީ ފުރަތަމަ ފަހަރު އަހަންނާ އެހާ ގާތް މީހަކު މި ދުނިޔެއާ ވަކިވެގެން ދިޔުން. އަހަރެން އޭނާ ދަންނަތާ 28 އަހަރު. އެ ކައިވެނީގެ ހަފްލާގައިވެސް ދެ މީހުން އުޅުނީ އެކުއެކީ ކަހަލަ ގޮތަކަށް. ކުއްލި ގޮތަކަށް އަހަންނާ އޭނާގެ ދައްތަ ސްރްލީތާ ހަވާލުކުރީ ސާރީއެއް. ސްރީ ދޭވީގެ ޖަނާޒާގެ ކަންތަކަށް. އަހަރެން އޭނާ މަރުވުމުގެ ކުރިން އެރޭ ވާހަކަދެެެއްކިން. ބޮޑަށް އޭނާގެ ދެ ދަރިންގެ ވާހަކަ، ޖަންވީގެ ފިލްމާއި ގުޅޭ ވާހަކައާއި، ޚުޝީގެ ރީތި ވާހަކަ. އަދި އެ ދުވަހު ސްރީ ދޭވީ ކެއީ ކޯއްޗެތޯވެސް އެހިން. އޭނާގެ މަަރަށް ދުވަސްތަކެއް ވެެގެން ދިޔައިރުވެސް، އަހަރެންގެ ފޯނަށް ރިންގެއް އަޔަސް ހިތައް އަރަނީ އެއީ ސްރީ ދޭވީއޭ އެ ގުޅަނީ، އޭނާގެ ހެދުމާއި ގުޅޭގޮތުން ވާހަކަދައްކާލަން،" މާނިޝް މަލްހޮޓްރާ ލިޔުނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ސްރީ ދޭވީ މަރުވީ ދުބާއީގައި އޮތް އާއިލީ ކައިވެންނީގެ ހަފްލާއަކަށް ގޮސް ހުއްޓާއި ކުއްލި ގޮތަކަށެވެ. އޭނާ މަރުވިއިރު އުމުރަކީ 54 އަހަރެވެ. ފިލްމީ ދާއިރާގައި އޭނާ ވަނީ 50 އަހަރު ހޭދަކޮށްފައެވެ.
އޭނަ ބުނެފަ އިން ޖުމްލައިގަ ދިޔުން ޖެހީމަ ހަމައެއް ނުޖެހޭ. ދިޔަ ޖަހަން ޖެހޭނީ.
އޭނަ ފިލްމް ކުޅެން ފެށީ އުމުރުން 4 އަހަރުގަ ތަ؟
ކަލޯ މަލްހޮޓްރާ އެއްނޫން. އިންޑިޔާ މީހުން ކިޔަނީ މަލޯތުރާ.
ޔޫމީން އުމުރުން 4 އަހަރުން ފެށިގެން އޭނާ ފިލްމު ކުޅެން ފަށާފިއޭ؟
ޗައިލްޑް އާރޓިސްޓުންގެ ވާހަކަ އަޑެއްނާހަން ދޯ!