ފިރިހެނަކު އޭނާގެ އަނބިމީހާގެ ބޮލުގައި މަރުތޭލަކުން ޖަހާ މަރާލައިފިއެވެ.
އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ދިއްލީގެ މެންގަޕޮލްޕުރީ ހިސާބުގައި މި ހާދިސާ ހިނގިއިރު، މި ދެމަފިރިންގެ ދަރިން ތިބީ އެކަން ބަލާށެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ އޭނާގެ އަނބިމީހާގެ ބޮލުގައި އެތައް ފަހަރަކު ވަނީ މަރުތޭލުން ޖަހާފައެވެ.
ވިނޯދް ނަމަކަށް ކިޔާ އެ ފިިރިހެން މީހާ ވަނީ އޭނާގެ އަނބިމީހާ މަރާލުމަށްފަހު ފިލާފައެވެ. އެކަން އަވައްޓެރިންނަށް އެންގީ އޭނާގެ ދަަރިންނެވެ.
ވަގުތުން އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އެ ހޮސްޕިޓަލުން ވަނީ އެ އަންހެން މީހާ ގެނައިރުވެސް މަރުވެފައިވާކަމަށް ބުނެފައެވެ.
މި މީހުންގެ ދަރިން ފުލުހުން ކައިރީ ބުނިގޮތުގައި، އެ މީހުންގެ މަންމަ އާއި ބައްޕަ އަބަދުވެސް އެކި ކަންކަމާއި ޒުވާބުކޮށް ހަދައެވެ. އަދި އެގޮތަށް ވަރަށް ގިނައިން މަންމަ ގައިގާ ބައްޕަ ތަޅާކަމަށް ދަރިން ވަނީ ބުނެފައެެވެ.
ފުލުހުން ވަނީ މިހާރު މި މައްސަލަ އިތުރަށް ބަލަމުންދާކަމަށް ބުނެފައެވެ. އަދި އެ މީހާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގާނަމަ ވަރިކޮށްލައިގެން މައސަލަ ނިމިމަކަށް ގެންނާނެ. މަރާމާރީ ހިންގުން މަތީ އެކަކު މަރުވަންދެން ނުތިބޭނެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އަލްހަމްދުލިއްލާހި އާނ ރާއްޖެ މާޝާﷲ ރަނގަޅު ވަރިގިނަޔަސް މިގޮތެއްނޫން.