ވަގަށް ނެގިތާ 21 އަހަރުފަހުން އަންހެނަކު އޭނާގެ މަންމައާއި ބައްދަލުވެއްޖެއެވެ.
ޗައިނާގެ ސަރަހެއްގައި ހިނގި މި ހާދިސާގައި އަންހެން ދަރިފުޅު ގެއްލިފައި ވަނީ 1997 ވަނަ އަހަރު ސްކޫލުން ގެއަށް ދިޔަ މަގުމަތީގައި އެވެ. ވެންގް ޒުއީގެ އުމުރުން އޭރު އެންމެ 7 އަހަރެވެ.
މިހާރު އުމުރުން 28 އަހަރުގެ ވެންގްގެ މަންމަކަން ޔަގީންކުރުމަށް ވަނީ ޑީއެންއޭ ރިޕޯޓްއެއް ހަދާފައި އެވެ. އަދި ރިޕޯޓްތަކަށްފަހު އެއީ ވެންގްގެ މަންމަކަން ވަނީ ޔަގީންވެފައި އެވެ.
ޔެންގް ކިޔައިދިން ގޮތުގައި އެދުވަހު އޭނާގެ ކައިރިއަށް ބައިސްކަލެއްގައި އައި އަންހެނެއް ގެއަށް ގެންގޮސްދިނުމަށް އެދުނު ކަމަށެވެ. އަދި ޔެންގް އެމަކަށް އިންކާރުކުރުމުން އޭނާގެ ބައިސްކަލަށް ވެންގް ގަދަކަމުން އެރުވުމަށްފަހު މެޓާއާއި ކާއެއްޗެހި ދިން ކަމަށެވެ.
އެއަށްފަހު ހޭވެރިކަންވީއިރު އޭނާ އޮތީ ގެއާއި 300 ކިލޯމީޓަރ ދުރު ހިސާބެއް ކަމަށްވާ ނަޔޮންގް ކައުންޓީގައި އެވެ.
އެގޮތުން އެކިފަހަރު މަތިން އެގެއިން ނިކުންނަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިކަމަށާއި ކޮންމެފަހަރު އެމީހާއަށް ފެނުމުން ތަޅާ އަނިޔާ ކުރާކަމަށް ވެންގް ބުންޏެވެ.
ވަރަށް މަސައްކަތުން ވެންގް އެމީހުންގެ އަތްދަށުން ސަލާމަތްވެވުނީ މިދިޔަ މާރޗް މަހުގައި އެވެ. އަދި އޭނާގެ މަންމައާއި ބައްދަލުކުރެވުނީ "ބޭބީ ބެކް ހޯމް" ނަމަކަށް ކިޔާ ޗައިނާގެ ވެބްސައިޓެއްގެ އެހީގައެވެ.
ވެންގް ގެއަށް އެނބުރިއައުމުން ގިނަ ބަޔަކު ވަނީ ވެންގް ބަލާލުމަށްޓަކައި އެގެއަށް ގޮސްފައި އެވެ. އަދި އެކަމުގެ އުފަލުގައި އެ މަގު ވަނީ މަލާއި ފުއްޕާހަމުން ޖަރީކުރެވިފައި އެވެ.
Ufަaveri