ކެންސަރު ޖެހިފައިވާ ދައްތައަށް ހިތްވަރު ދިނުމަށް ބޯ ބޭލި އަންހެނަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މި ދެ ބެއިން އެއްކޮށް ބޯ ބޭލުމަށް ނިންމާފައިވަނީ އެކަކު ކެންސަރު ޖެހިގެން ފަރުވާ ހޯދުމަށް ފަސޭހައަކަށް ބޯ ބޭލުމުން، އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ޖޮއެލާއާއި ޖޮއަނާ ލީ ލޫ އަކީ އެއްމާބަނޑު ދެ މީހުންނެވެ. މީގެ ތެރެއިން ކެންސަރު ޖެހިގެން ފަރުވާ ހޯދަމުން އަންނަނީ ޖޮއަނާއެވެ.

"ދައްތަ އެކަނި އެކަމުގައި ބައިވެރިވާން ބޭނުން ނުވާތީ ދައްތައާއި އެކީ ބޯ ބޭލުމަށް ނިންމީ. ދެމީހުން އެކީ އެކަމުގައި ބައިވެރިވުމަށް. ދައްތަ ދެކެ ވަރަށް ލޯބިވޭ. ހިތްވަރާއި އެކީ މަސައްކަތް ކުރުމުން މިކަމުން ސަލާމަތްވާނެ" ޖޮއެލާ ބުންޏެވެ.

https://www.facebook.com/joella.leelo/videos/1406060196448495/?__tn__=%2CdlC-R-R&eid=ARCLnasOUpRBOSAno0GwAwjFnznlVaiXrl1LAPtUtE7QefINqJS4-pMhAzQGwdXBANtOnu1Kdo1EsrHl&hc_ref=ARRn_Kk3yil7QSEdaVeqxqDqBoOGYJSFK6YE0hSJteQNWxdcfmi5HnW4I5R5b7kw3H0

ޖޮއަނާ އަށް ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮވިޑް-19ގެ ބަލި މަޑުކަމުގެ ތެރޭގައިވެސް އަންނަނީ ކީމޯތެރަޕީ ހަދަމުންނެވެ.

"މީގެ ކުރިން ދައްތައާއި އެކީ ކީމޯތެރަޕީ ހެދުމަށް ހޮސްޕިޓަލަށް ކޮންމެ ފަހަރަކު ދަން. އެކަމަކު ކޮވިޑް-19ގެ ސަބަބުން ދައްތަ އެކަނި މިހާރު ދާން ޖެހެނީ" އޭނާ ބުންޏެވެ.

މިހާރު ހަމައެކަނި ދައްތައަށް ހިތްވަރު ދެވެނީ ވީޑިއޯ ކޯލް މެދުވެރިކޮށްގެން ކަމަށާއި މިއީ އާއިލާއަށް ދަތި ދުވަސްތަކެއް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ނިއުޒިލޭންޑްގެ ސިޓީއެއް ކަމަށްވާ އޮކްލޭންޑްގައި ދެ މީހުން ނަގާފައިވާ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނަ އިރު، މި ވީޑިޔޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، މި ވީޑިޔޯ ވަނީ އެތައް ބަޔަކު ފެންކަޅި ކުރުވާފައެވެ.

ފޭސްބުކްގައި މި ވީޑިއޯ މިހާތަނަށް 12 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު، ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ވިޑީއޯއަށް ކޮމެންޓް ކޮށްފައެވެ. އަދި 4 ލައްކައަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ޝެއާ ކޮށްފައެވެ.