ޖަޕާނުގެ އުތުރުގެ ސަރަޙައްދެއްގެ އުޑުމަތިން އުދުހުނު ގޮތްނޭނގޭ އެއްޗަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މީސްމީޑިއާގައި މި މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ މިހާރު ދައުރުވަމުން ދާއިރު، ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ އެ ސަރަޙައްދުން ދަތުރުކުރި އައިޑެންޓިފައިޑް ފްލައިންގް އޮބްޖެކްޓް (ޔޫއެފްއޯ) އެއް ކަމަށެވެ.

ގިނައިރުވަންދެން މި މަންޒަރު އެތައް ބަޔަކަށް ފެނިގެން ބޮޑު ހައިރާންކަމެއް ލިބިފައިރު، ޖަޕާނުގެ ކަމާއި ބެހޭ އިދާރާތަކަށްވެސް އަދި މިއީ ސީދާ ކޮން އެއްޗެއް ކަމެއް ހޯދިފައެއް ނުވެއެވެ.

ބައެއް ތަޖުރިބާކާރުން ބުނާގޮތުން މިއީ މޫސުން މޮނިޓާކުރުމަށް ގެންގުޅޭ ވެދަރ ބެލޫނެއް ފަދަ އާލާތަކާއި ވައްތަރު އެއްޗެކެވެ. ނަމަވެސް ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ، އެއީ އެ އިދާރާއިން ފޮނުވާލާފައިވާ އެއްޗެއް ނޫންކަން ޔަޤީންކުރެވޭ ކަމަށެވެ.

"އެއީ މީޓިއޮލޮޖިކަލް އޭޖެންސީން ފޮނުވާލާފައިވާ އެއްޗެއް ނޫނެ. އަޅުގަނޑުމެން މިކަމާއި ގުޅޭ މަޢުލޫމާތެއް އަދި ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތަ ސެލްފް ޑިފެންސް ފޯސް އަށްވެސް ހޯދިފައެއް ނުވޭ. މި އޮބްޖެކްޓުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެފައި ނުވޭ،" ޖަޕާނުގެ މީޓިއޮލޮޖިކަލް އޭޖެންސީން ބުނެފައި ވެއެވެ.

މިއީ އުތުރު ކޮރެއާއިން ފޮނުވާލާފައިވާ ޖާސޫސީ އުޅަނދެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް މިއީ ކޮން ތަނަކުން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމެއްވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބަކުރުބެ

  ތިއީ އަލިގުޅައެކޭ އެކުދިންނަށް އެޒާތު އެއްޗެހި ނޭނގޭނެ

  27
  4
 2. ޔޫއެފްއޯ

  އަންއައިޑެންޓިފައިޑް ފްލައިންގް އޮބްޖެކްޓް (ޔޫއެފްއޯ)

  6
  5
 3. ބަންޓީ

  ކޮއްކޭ އައަށް ނުކިޔާނެ އައިޑެންޓިފައިޑޭ. އެއަށް ކިޔަނީ އަންއައިޑެންޓިފައިޑޭ. އެހެންވީމާ ޔޫ އެބޭނުންކުރަނީ.

  15
  1
 4. މަށޭ

  އަނެއްކާ އަނެއް ހަކަންތައް