މާބަނޑުއިރު މުޅި ހަށިގަނޑުގައި ރިއްސާ ކަންކަން ވެއެވެ. ހަށިގަނޑަށް އަންނަ ހޯމޯނަލް ބަދަލުތަކުގެ ސަބަބުން ދިރިއުޅެން ވެސް އުނދަގޫ ވެއެވެ. އަދި ބަރުދަނަށްވެސް ބަދަލުތަކެއް އާދެއެވެ. އަދި ހޯމޯންސްއަށް އަންނަ ބަދަލުތަކުގެ ސަބަބުން ބުރަކަށީގައި ވެސް ވަރަށް ރިއްސާ ކަންތައް ވެއެވެ.

އެގޮތަށް މާބަނޑު އިރު ބުރަކަށީގައި ރިއްސާ އުޅޭ މީހުން ކަންތައް ކުރަންވީ ގޮތަކީ މިއީއެވެ.

ކަސްރަތު ކުރުނު

ކަސްރަތު ކުރުމާއި ސްޓްރެޗް ކުރުމަކީ ތަދު ކަނޑުވުމުގައި އެހީއެވެ. ގައިގެ މަސްތަކަށް ހަރަކާތް ބޭނުން ވެއެވެ. އެހެންކަމުން ސްކުއޭޓް ކުރުން ކަންކަން ކޮށްލާށެވެ.

ފުންކޮށް ނޭވާލުން

މާބަނޑުއިރު، ބަރުދަން ބަރުވުމުގެ ސަބަބުން ގުނަވަންތަކަށް އުނދަގޫތަކެއް ވެއެވެ. މިކަމުގެ ސަބަބުން ރިބްކޭޖްގައި ރިއްސުމާއި، ބުރަކަށީ ރިއްސާ ކަންކަން ވެއެވެ. އެހެންކަމުން ފުންކޮށް ނޭވާލާށެވެ. އޭގެ ސަބަބުން ގައިގެ މަސްތަކަށް ފަސޭހަވެ، ގުވަންތަކަށްވެސް ފަސޭހަވެގެން ދެއެވެ.

މަސާޖްކޮށްލުން

އަބަދުވެސް މަސޭޖްކޮށް ހަދާށެވެ. އެކަމުގެ ސަބަބުން ތަދު ކުދަވެ، ފަސޭހަވެގެން ދާނެއެވެ.

މެޓާނިޓީ ބެލްޓެއް ހޯދާ

ޕެލްވިކްގައި ރިއްސުމާއި، ދަށްބުރަކަށީގައި އާއި އުނަގަނޑުގައި ރިއްސުން ފަަދަ ކަންކަމަށް މިއީ ހައްލެކެވެ. މިއީ ހާއްސަކޮށް ބުރަކަށީގައި ރިއްސާ ރުއްސުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.