އާ ގެއަށް ބަދަލުވި އަންހެނަކަށް މި ދިމާވީ މާ ބިރުވެރިކަމަކާއެެވެ. އޭނާގެ ގޭގެ ބޭސްމެންޓްގެ ފާރުގައި ސިމެންތިއާއެކު ހަރުކޮށްފައި ހުރީ ބުދެކެވެ. އެ ބުދުގެ މޫނު، އޭނާއަށް ފެނުމުން ބިރުން ފިއްކަނޑައިގެން ދާ ވަރު ވިއެވެ.

ނިއުޔޯކްގައި ދިރިއުލެމުން އަންނަ އެ އަންހެން މީހާގެ ދައްތަ ޓްވިޓާގައި ވަނީ އެ ހާދިސާގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. މީހުން އެ މީހުންނަށް ހިޔާލު ދީފައި ވަނީ އެގެއިން ނުކުމެގެން ދާށެވެ.

އެ އަންހެން މީހާ އެގެއަށް ބަދަލު ވުމުގެ ކުރިން، އެގެ ބާލަލަން ދިޔަނަމަވެސް، އޭނާއަށް ކުރިން އެ ބުދު ފާރުގައި ހަރުކޮށްފައި ހުރި މަންޒަރު ފެނިފައެއް ނުވެއެވެ.

އާއްމުކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން ބައެއް ފޮޓޯތަކުން ފެންނަަނީ، ފާރުގައި ހަރުކޮށްފައި ހުރި ބުދުގެ ފޮޓޯ ޒޫމްކޮށްފައިވާ މަންޒަތެވެ. ނަމަވެސް އެއީ އަސްލަށް ވަރަށް ސައިޒުން ކުޑަ ބުދެކެވެ. އޭތި ހަރުކޮށްފައި ވަނީ ފާރުގައެވެ. އެހެންކަމުން ފުރަތަމަ ގެ އިންސްޕެކްޝަންއަށްދިޔައިރު، އެ މަންޒަރު ނުފެނުނީ ކަމަށް ވެދާނެ އެވެ.

އެ ފޮޓޯ ހިއްސާކުރުމުން އެތައް ބަޔަކު ހިޔާލުތައް ދީފައި ވެއެވެ. އެކަކު ބުނީ، 1960 އާއި 1970ގެ އަހަރުތަކުގައި ކެލިފޯނިއާ އާއި ނިއުޔޯކް ސިޓީގެ ގެތަކުގެ ފާރުގައި އެފަދަ ބުދުތައް ހަރުކޮށްފައި ހުންނަކަމަށެވެ. އަދި އެއީ ކުރިން އާއްމުކޮށް ކުރަމުން އައި ކަމެއް ކަމަށްވެސް އެކަކު ބުންޏެވެ.