އޮފް ޑިއުޓީގައި ހުރި އެފް.ބީ.އައި އެޖެންޓަކު ބާއެއްގައި ފަހަތަށް ބުރެއް އެއްލަން އުޅުމުގެ ތެރޭގައި ބަޑި ބިންމައްޗަށް ވެއްޓި މީހަކަށް ބަޑިން ހަމަލާ ދެވިއްޖެއެވެ.

އެމެރިކާގެ ޑެންވާގެ އެފް.ބީ.އައި އެޖެންޓްއެއް އަތުން އޮޅިގެން މިގޮތަށް ބަޑި ޖެހިފައިވަނީ ނެށުމުގެ ތެރޭގައެވެ. މިމީހާ ހުރީ ޑިއުޓީގައި ނޫން ކަމަށާއި ބާއަށް ގޮސްފައިވަނީ މަޖާކޮށްލަން ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.

މިކަން ހިނގާފައިވަނީ ދަންވަރު 12:45 ހާއިރުއެވެ. މިކަން ހިގިތަނުގެ ވީޑިއޯއެއް ޔޫޓިއުބްގައިވަނީ އާއްމު ވެފައެވެ.

މިމީހާ "ޕްރީ ސްޓައިލް" އަށް ނެށުމުގެ ތެރޭގައި ފަހަތަށް ބުރެއް އެއްލުމުން އޭނާގެ ޖީންސްއަށް ޖަހައިފައިވާ ބަޑި ބިންމައްޗަށް ވެއްޓުނެވެ. ބަޑި ހަމަލާދެވިފައިވަނީ ބަޑި ނެގުމުގެ ތެރޭގައެވެ. ނޭނގި ދެވުނު މިހަމަލާގައި ބާ ގައި ހުރި މީހެއްގެ ފަޔަށްވަނީ ވަޒަން އަރާފައެވެ. މިމީހާގެ ހާލު ރަނގަޅު ކަމަށް ބޭރުގެ ނޫސްތަކުން ހަސްފަތާލާ ހަވާލާދީ ބުނެފައިވެއެވެ.