ސުޕަހީރޯ ފިލްމުތަކަކީ ހުރިހާ އުމުރެއްގެ މީހުން ވެސް ބަލާ ފިލްމުތަކެކެވެ. ސުޕަހީރޯ ފިލްމުތަކުގެ ތެރެއިން ސްޕައިޑަ މޭންއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ކެރެކްޓާއަކަށް ވާއިރު ސްޕައިޑަ މޭން 3 ގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް މި ހަބަރު ވަރަށް ޝައުގުވެރިވެގެންދާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ.

ސްޕައިޑަރ މޭން 3 ގެ ޓައިޓަލް ނަން މިވަނީ ހާމަކޮށްފަ އެވެ. އެގޮތުން ސްޕައިޑަ މޭން 3 ގެ ޓައިޓަލް ނަމަކަށް ދީފައި ވަނީ "ސްޕައިޑަރ މޭން: ނޯ ވޭ ހޯމް" އެވެ.

ސޮނީ އާއި ޑިޒްނީ އިން އުފައްދާ މާވެލްގެ ސިނަމެޓިކް ޔުނިވާސްގެ ތެރެއިން ގެނެސްދޭ މި ފިލްމުގެ ނަން ހާމަކޮށްފައި ވަނީ ސޮނީ އިން ޓްވީޓާގައި ހިއްސާކުރި ވީޑިއޯ އަކުންނެވެ.

ސްޕައިޑަ މޭން 3 ގައި ފެނިގެންދާނެ މެއިން 3 ތަރީންނަކީ ޓޮމް ހޮލެންޑް، ޒެންޑަޔާ އަދި ޖޭކޮބް ބެޓެލަންއެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު 17 ގައެވެ.