އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުގައި ދިރިއުޅުނުއިރު މުވައްޒަފުންނަށް ގަނާ (ބްލީ) ކުރިކަމަށް ބުނާ މައްސަލަ ތަޙްޤީޤު ކުރަން ތަޖުރިބާކާރު ޤާނޫނީ ވަކީލުން ހިމެނޭ ފާމަކާއި ހަވާލު ކުރަން ބަކިންހަމް ޕެލަސް އިން މަޝްވަރާތައް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މޭގަން މުވައްޒަފުންތަކަކަށް ގަނާ ކުރިކަމަށް ބައެއް މުވައްޒަފުން ބުނެފައި ވަނީ މޭގަން އެމެރިކާގެ ޓީވީ ޕްރެޒެންޓަރ އޮޕެރާ ވިންފޭއަށް އިންޓަވިއުއެއްދީ އިންޓަވިއުގެ ޓްރޭލާ އާއްމުކުރި ހިސާބުންނެވެ. އެހެންކަމުން މިއީ ޝާހީ އާއިލާ އަޑީގައި އޮވެ މުވައްޒަފުން ލައްވާ ކުރުވާ ކަމެއްކަމަށް މިހާރު ވެސް ތުހުމަތު ކުރެވެއެވެ.

މޭގަން މިހާރު ވަނީ އޭނާގެ މައްޗަށް ތުހުމަތުތައް ކުރާ މުވައްޒަފުން އޭނާގެ ޝަކުވާތައްކޮށް ކޮށްފައިވާ އީމެއިލްތައް ނުވަތަ ޓެކްސް މެސެޖްތައް ނުވަތަ މައްސަލައާއި ގުޅުން ހުރި އެހެންތަކެތި އޭނާ އަށް ފޯރުކޮށްދިނުމަށް އެދިފައެވެ.

މޭގަންގެ ފަރާތުން ދެމުވައްޒަފަކަށް ގަނާ ކުރިމަތިވި ކަމަށް އެމުވައްޒަފުންނާއި ހަވާލާދީ އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިމައްސަލަ ތަޙްޤީޤު ކުރިނަމަވެސް މައްސަލައިގެ ތަޙްޤީޤަށް ބަކިންހަމް ޕެލަސް އިން މޭގަންގެ ބަހެއް ހޯދާނެ ކަމަކަށް ނުބެލެވެއެވެ.

މިހާރު ވެސް ޝާހީ އާއިލާ އާއި ހެރީގެ ދެމަފިރިންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިހާލަތުގައި އަނެއްކާ މޭގަންގެ މައްސަލައެއް ބަލަން ޝާހީ އާއިލާއިން މަސައްކަތް ކުރުމަކީ އެގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

މޭގަން އާއި ހެރީ ވަނީ ޝާހީ އާއިލާގެ ތެރޭގައި އެމީހުން ދިރިއުޅުނުއިރު ކުރިމަތިވި ކަންކަން އޮޕްރާ އާއި ހިއްސާކޮށްފައެވެ. އޭގެތެރޭގައި އެމީހުންގެ ފުރަތަމަ ދަރިފުޅާއި ނަސްލީ ގޮތުން ޝާހީ އާއިލާގެ މެންބަރަކު ދިމާކުރި މައްސަލަ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާޒިމާ

    މީނަ އުޅެނީ މު ދުނިޔެ ފޯމޭޓް ކުރަން ކީކޭ ބުނާނޫ

    1
    5
    • ގަނޑިޔާ!!!

      އެތާންގައި ގެންގުޅޭނީ އައި.ބީ.އެމް 704 ގެ އޯއެސް...ފޯމެޓު ކުރަން މާ ލަސްވެސް ވެއްޖެ އެންނު.

  2. ަސދަސ

    މިއީ ކެރޭ އަންހެނުންނަކީ

    4
    2
  3. ގަނޑިޔާ!!!

    ތި ރޮޔަލް އާއިލާ އުޅެނީ ދުނިޔޭގެ އެއްކޮޅުގައި ދަތްއަޅަން. އެމީހުންނަށް ހީވާފަދަ ދުނިޔެ ލެއްވީވެސް އެމީހުނަށް ޚިދުމަތް ކުރާށޭ، އަމިއްލަ ދަރިން މުސްކުޅިވެ ދަނޑި ޖަހައިގެން ހިނގަން ތައްޔާރުވާއިރުވެސް އެ ދައިތަ ދެދަނޑި ވިއްދައިގެންވެސް ތަހުތު ބައްކުރެވޭތޯ ބަލަނީ...ކިހާވަރަކުން ދާނެ އާއިލާއެއްބާ މީ؟؟؟