ރާމާމަކުނުތަކެއް އިންޑިއާގެ ޒުވާން އަންހެނަކު މަރާލައިފިއެވެ.

"ޑެއިލީމެެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މަކުނުތައް އިންޑިއާގެ 21 އަހަރު ޒުވާން އަންހެންކުއްޖަކު މަރާލާފައި ވަނީ އޭނާ ދިރިއުޅެމުުން ދިޔަ ގޭގައެވެ. މަރާލާފައި ވަނީ ޖީ. ސިރިޝާ ނަމަކަށް ކިޔާ ދެކުނު އިިންޑިއާއަށްް ނިސްބަތްވާ އަންހެނަކު ކަމަށާއި، ރާމާމަކުނުތައް އޭނާއަށް ހަމަލާދީފައި ވަނީ ރަހުމަތްތެރިންތަކަކާއި އެކު ގޭޭގެ ޓެރަހުގައި ބެޑްމިންޓަން ކުޅެން ހުއްޓާ ކަމަށް މީޑިއާ ރިޕޯޓް ބުނެއެވެ.

ސިރިޝާ އާއި އޭނާގެ ރަހުމަތްތެރިން އެ މަކުނުތަކުގެެ ކިބައިން ސަލާމަތްވުމަށްޓަކައި އެެސޮރުމެެން ބިރުގެންނެވުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާކަމަށް އޭނާގެ ރަހުމަތްތެރިންނާ ހަވާލާދީ ޑެއިލީމެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ސިރިޝާ މަރުވެފައި ވަނީ މަކުނުތަކަށް އަތުނުވުމަށް ދުވަނިކޮށް އިމާރާތުން ވެއްޓިިގެންނެވެ. އޭރު މަކުނުތައް ވަނީ އޭނާ އަށް ހަމަލާ ވެސް ދީފައެވެ.

ސިރިޝާއަކީ މާސްޓަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަންސް ގްރެޖުުއޭޓެކެވެ. އޭނާ ދިރިއުޅެމުން ދިޔައީ ރަހުމަތްތެރިންތަކަކާއި އެކު އެެޕާޓްމެންޓެއް ނަގައިގެން އެތަނުގައެވެ. ގިނަ އަނިޔާތަކަކާއި އެކު އޭނާ މަރުވެފައި އޮތުމުން އެގައުމުގެ ފުލުހުން އަންނަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންނެެެވެ.

އިންޑިާއަކީ ރާމާމަކުނު ގިނައިން އުޅޭ ގައުުމަކަށްވާއިރު، އެސޮރުމެެންގެ ފަރާތުން މީހުންނަށް އަނޔާލިބޭވާހަކައަކީ މަދުން އިވޭ ވާހަކައެކެވެ. 2019 ވަނަ އަހަރުގެ ތެރޭގައި މަކުނުތައް ވަނީ 12 މަހުގެ ކުޑަކުއްޖަކަށާއި، 58 އަހަރުގެ އަންހެނަކަށް އާގަރާގައި ހަމަލާ ދީފައެވެ. މިދިޔަ އަހަރުުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވެސް ވަނީ އެފަދަ މަކުނުތަކެއް 13 އަހަރުގެ އަންހެނަކުއްޖަކު ޓެެރަހެއްގެ މަތިންވައްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާޝިޒު

    އަނެއްކާ ރޭޕް ކޮއްފަތޯ މަރާލީ.
    އިންޑިއާގަ އުޅޭ މަކުނުވެސް ވަރަށް ކުޅަދާނަވާނެ

    11
  2. ކަހަނަލަ

    ގެރި މޮދީ ގެ ކަމަކަށް ވެސް ވެދާނެ

  3. ގަނޑިޔާ!!!

    ތިބައިވަރުތައް މަރާ މަދުކުރާކަށް ނުވޭތަ ... އެހެންނުންވާނީ، ހުރިހާ ވައްތަރެއްގެ ޖަނަވާރަށް އަޅުކަންކުރާ މޮޔަބައެއް އުޅޭ ތަނެއް ވިއްޔާ. އަމިއްލަ އަމާ މަރުވިއަސް ހެޔޮ