ހަނީކޮމްބް ބްރެޑް އަކީ ވަރަށް މީރު ފޮނިކާއެއްޗެކެވެ. މިއީ މަޑުމަޑު ފުށްގަނޑެއް ތެރެއަށް ކްރީމް ޗީޒް އެޅުމަށް ފަހު ހެފޭވަރަށް މުރަނުކޮށް ހުންނަ ތިލެޔޮ އޮށްތަކާއި ކަޅުދިރި އޮށްތައް އޭގެ މައްޗަށް އެޅުމަށް ފަހު، އޭގެ މަތީގައި މާމުއި ހާކާފައިވާ ބަނަހެއް ކަހަލަ އެއްޗެކެވެ. މި ކާނާ ތައްޔާރު ކުރުމަށް ނަަގާނީ ގާތްގަނޑަކަށް 20 ވަރަކަށް މިނިޓެވެ. އެއީ ފިހުމަށް ނަގާ ވަގުތު ނުލައެވެ.
ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި
- އިންސްޓެންޓް ޔީސްޓް
- އެގްވޮޝް
- ހަކުރު
- ލޮނު
- މާމުއި
- ކްރީމް ޗީޒް
- ޔޯގަޓް
- ތިލެޔޮ
- ކަޅުދިރި
- އޮލިވް އޮއިލް
- ޔޯގަޓް
- ފެން
- ފުށް
ފުށްގަނޑު ހަދާނެ ގޮތް
ފުށްގަނޑު ހަދަން ނަގާނީ 10 ވަރަކަށް މިނިޓެވެ. އެންމެ ފުރަތަމަ ޔީސްޓަށް ތާފެނާ ފެންފޮދެއް އަޅާފައި އިރުކޮޅަކު ބަހައްޓާލާށެވެ. ކައްކާފައި ހުރި ހޫނުފެން ބޭނުންކުރުމުގެ ބަދަލުގައި އިސްކުރު ފެން ބޭނުން ކުރާށެވެ. އެހެން ނޫނީ ޔީސްޓް މަރުވާން މެދުވެރިވާނެއެވެ. އިންސްޓެންޓް ޔީސްޓް ބޭނުން ކުރި ނަމަވެސް ޔީސްޓް މަސައްކަތް ކުރާކަން ޔަގީންކުރަންވާނެއެވެ،
ދެން 1 ޖޯޑު ފުށާއި، ފެން، ޔީސްޓް، ހަކުރު އަދި ޔޯގަޓް އެއްކޮށްލާށެވެ. ސަމުސާ އަކުން ރަނގަޅަށް އެއްކޮށްލުމަށް ފަހު މަތި ޖަހާފައި 10 ވަަރަކަށް މިނިޓުވަންދެން ބަހައްޓާށެވެ. މަޑުމަޑުން އެ ފުށްގަނޑު ބޯވާން ފަށާނެއެވެ.
10 މިނިޓަށް ފަހު ބާކީ ހުރި ފުށް އެޅުމަށް ފަހު އެއަށް ތެލާއި ލޮނު އޭޅުމަށް ފަހު އަނެއްކާވެސް ފުށްގަނޑު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް ފުށްގަނޑު މޮޑެވިއްޖެ ނަމަ އޮންނަންވާނީ ވަރަށް މަޑުކޮށް ބޯކޮށެވެ.
ފުށްގަނޑު ތައްޔާރުވުމުން އެއިން ކުދި ގުޅަތަކެއް ހަދާށެވެ. ކޮންމެ ފުށް ގުޅައެއްގައި ހުންނާނީ ގާތްގަޑަކަށް 45 ގްރާމްއެވެ. އެހެންނަަމަވެސް ބޭނުންވާ ނަމަ އެއަށް ވުރެ ފުށް ގުޅަތައް ކުޑަވެސް ކުރެވިދާނެއެވެ.
ބޮޑުކޮށް ފުށް ގުޅަ ހަދައިފި ނަމަ މާމުއި ހާކާއިރު ފުށްގުޅައިގެ ސިފަގެއްލިދާނެއެވެ. ފުށްގުޅަ ހަދާ ނިމުމުން ކޮންމެ ގުލައެއް ފަތާކޮށް އެގެ ތެރެއަށް ޗީޒް ކިއުބް ކޮޅެއްލުމަށް ފަހު އެ ޗީޒް ކިއުބް ފޮރުވެނެހެން އޭގެ ވަށައިގެން ފުށްގުޅައިގެ ބައެއް ލާށެވެ. އެއަށް ފަހު ޓްރެގައި ގުޅަތައް އަތުރާލާ އޭގައި އެގްވޮޝް ހާކާލާށެވެ.
އެއަށް ފަހު އޭގެ މައްޗަށް ތިލެޔޮ އާއި ކަޅުދިރި އޮށްތައް ބުރުއްސާލާށެވެ. އެއަށް ފަހު 375 ޑިގްރީގައި 25 މިނިޓްވަންދެން ފިހެލާނީއެވެ. އަވަނުން މި ބަނަސްތައް ނަގާގޮތަށް އޭގައި މާމުއި ހާކާލާށެެވެ.
މިހާ ހިސާބުން ހަނީކޮމްބް ބްރެޑް ސްޓަފްޑް ވިތް ޗީޒް ހުންނާނީ ތައްޔާރުކޮށް ނިމިފައެވެ.