ރާއްޖޭގެ މަޝްހޫރު ތަރިންގެ ތެރެއިން ބައެއް ތަރިންވެސް ލިބުނު ބޮޑު ޗުއްޓީގައި ރަށުން ބޭރަށް ގޮސްގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި ވަނީ އާއްމުވެފައެވެ. ކޮވިޑް-19 އާ ގުޅިގެން މާލޭގައި އެތައް ދުވަހެއް ވަންދެން ބަންދުވެފައި ތިބުމަށްފަހު ހެލްތް ޕްރޮޓެކްޝަން އެޖެންްސީ (އެޗްޕީއޭ)އިން ދިން ލުއިތަކާއެކު ބައެއް ތަރިން ދަތުރު ހަދާފައި ރަށްރަަށަށް ދިޔައެވެ. އޭގެ ތެރޭގައި މަޝްހޫެރު ނެށުންތެރިޔާ ސުނީތާ އަލީ އާއި އަބްދުﷲ މުއާޒް ފަދަ ތަރިން ވަނީ މާލެ އިން ބޭރަށް ގޮސް އާއިލާ އެކީ ވަގުތު ހޭދަކޮށްފައެވެ.
މިފަހަރު މީސް މީޑިއާގެ ސަމާލުކަމަށް އައިސްފައި ވަނީ ބަތަލާ ރިޝްމީ ރަމީޒުގެ ދަތުރެވެ. ވިލިމާލެއަށް ނިސްބަތްވާ ރިޝްމީވެސް މި ވަނީ ދަތުރު ހަދާފައި ރަށަކަށް ގޮސްފައެވެ. އޭނާ ދިޔައީ ކޮން ރަށެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ސްޓޯރީއަށް އާއްމުކޮށްފައިވާ ފޮޓޯތަކުން ފެނިގެން ދަނީ ރަށެއްގައި އޭނާ ވަގުތު ހޭދަ ކުރާ ތަނެވެ. އެ ފޮޓޯތަކުގެ ތެރެއިން ކަޅި ހުއްޓިގެން ގޮސްފައި ވަނީ ރިޝްމީ އޭނާގެ ބައްޕައާއެކު ނަގާފައިވާ ފޮޓޯއެވެ. އެ ފޮޓޯއިން ދެ މީހުންގެވެސް މޫނެއް ނުފެނެއެވެ. ފެނިގެން ދަނީ އަތް ތިލަ އާއި ފައެެވެ. އެ ފޮޓޯގައި އޭނާ ލިޔެފައި ވަނީ ލޯބިވާ ބައްޕާފުޅާއި އެކުގައި ކަމަށެވެ.
ރިޝްމީގެ ބައްޕައަކީ ކާކުކަން އެއްވެސް ވަރަކަށް އާއްމު ކޮށްފައެއް ނުވެއެވެ. އަދި އޭނާއާ ގުޅޭގޮތުން އެއްވެސް ޝޯއެއްގައިވެސް ރިޝްމީ ވެސް އަދި އެ ނޫން މީހެއްވެސް ވަހަކަދައްކަފައެއް ނުވެއެވެ. އަދި އޭނާގެ ބައްޕަގެ ފޮޓޯއެއްވެސް އާއްމު ކޮށްފައެއް ނުވެއެވެ. އާސްކް މީ ސުވާލެއްގައި މީހަކަށް ޖަވާބު ދެމުން ރިޝްމީ ވަނީ އޭނާގެ ބައްޕަގެ ފޮޓޯއެއް އާއްމު ނުކުރަނީ ބައްޕަގެވެސް އެދުމުގެ މަތިން ކަމަށް މީގެ ކުރިން ބުނެފައެވެ.
ރިޝްމީ އަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެތައް މަސައްކަތެއްކޮށްފައިވާ އާމިނަތު ރަޝިދާގެ ދޮށީ އަންހެން ދަރިފުޅެެވެ.
ރިޝްމީގެ ބައްޕައަކީ ކާކު؟
ތިބުނާ މީހާ އަކީ އަސްލުވެސް ބައްޕަތަ ؟
ތިޖެހުނީ ޑީ އެން އޭ ހަދަން
މޮޔަ ކޮމެންޓެއް.
ކޮންމެވެސް “ ރަމީޒް” އެއް ކިޔަނީ ، އެކަން ގައިމު އެންމެނަށްވެސް ޔަޤީން !!
ބައްޕަ ފައުޅުނުވާން އުޅޭ ސަބަބަކީ ކޮބާ ؟
ޥ. ކެޔޮދޫ ގަ އުޅެނީ
ރިޝްމީ ބައްޕަ ބަލަން ދޭ ކެޔޮދޫ އަަށް...އެމީހާ އުޅެނީ އެ ރަށު
ބައްޕަ އަކީ ދަރިން ދުނިޔެއަށް އައުމުގެ އަސްލު
ބައްޕައަށް އިޙްތިރާމް ކޮށްލަމާ