ތިން ވަނަ އަންބަކަށް ރޫފަ ރަނގަޅު އަންހެނަކު ހޯދަން މާލެ މީހަކު އިއުލާނުކޮށްފިއެވެ.

މިހާރުވެސް ގިނަބަޔަކަށް ހަޔާތުގެ ބައިވެރިން ހޯދަން އިއުލާނު ކުރާ ކައިވެނި ޕޭޖްގައި ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ ކައިވެނި ކުރާނެ 20-35އ އަންހެނަކު ބޭނުންވާ ކަމަށެވެ.

އެ ޕޯސްޓްގައި ބުނެފައިވާގޮތުން، އޭނާއަކީ މާލެ މީހެކެވެ. އޭނާއަކީ އުމުރުން 40 އަހަރުގެ، އިސްކޮޅުން ފަސް ފޫޓު ހަ އިންޗި ހުންނަ މީހެކެވެ. އަދި ވަޒީފާގައި އުޅޭ އެ މީހާއަކީ މަހަކު 2000 ޑޮލަރު ލިބޭ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

އޯލެވެލް ފެންވަރަށް ކިޔަވާފައިވާ އެ މީހާގެ ޕޯސްޓްގައި ވާގޮތުން، އޭނާގެ ދެ އަނބިން ތިބެއެވެ. އަދި އެ މީހުންގެ ފަސް ކުދިން ތިބޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ޕޯސްޓްގައި ބުނެފައި ވަނީ، ބޭނުންވަނީ 20-35 އަހަރާއި ދެމެދުގެ، ސްޕޯޓީ، އިސްކޮޅާއި ރޫފަރަނގަޅު، މާލޭގައި އަމިއްލައަށް ދިރިއުޅެމުން އަންނަ މީހެއް ކަމަށެވެ.

އަދި ބޭނުން އެ މީހާ އޭނާގެ ތިން ވަނަ އަނތްބަކަށް ހަދަން ކަމަށްވެސް އެ ޕޯސްޓްގައި ވެއެވެ.

ކައިިވެނި ޕޭޖްގައި ޕޯސްޓް ޖަހައިގެން މީގެ ކުރިންވެސް ހަޔާތުގެ ބައިވެރިން ހޯދައިގެން ކައިވެނިކޮށްގެން އުޅޭ މީހުން އެބަތިއްބެވެ. އެ ޕޭޖް ހިންގާތާ މިހާރު އަހަރުތަކެއްވެފައިވާއިރު، އެ ޕޭޖުގައި މިހާރުވެސް އެތައް ސަތޭކަ މިފަދަ ޕޯސްޓްތައް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރީ

    ދެހާސް ޑަލަރަކީ 35 ހާސް ރުފިޔާ ވަރު ، އެއީ 3 އަނބިން ގެންގުޅެވޭނެ ފަދަ އާމްދަނީއެއްނު ،

    6
    1
  2. މަ

    ދޮއްޓަށް ތިބި ދެ އަނބިން ތިބީ ކާޑު ބަލި ޖެހިފަތަ؟

    • Anonymous

      😄😄