ހޮޓް ޑޯގް އަކީ ރާއްޖޭގައި ވެސް މަޝްހޫރު ކެއުމުގެ އެއް ބާވަތެވެ. އާންމުކޮށް ހަވީރު ސަޔަށް ނުވަތަ ދަތުރު ދާއިރުވެސް ހޮޓް ޑޯގް ކައެވެ. ހޮޓް ޑޯގް އަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ ކާއެއްޗަކަށްވާއިރު އެކި މީހުން އެކި ގޮތްގޮތަށް ހޮޓް ޑޯކް ތައްޔާރުކުރެއެވެ. މި ބަލާލަނީ އޭގެ ތެރެއިން ހޮޓް ޑޯގް ތައްޔާރު ކުރަން ވަރަށް ފަސޭހަ ގޮތަކަށެވެ.

އެންމެ ކުރީއްސުރެ ހޮޓް ޑޯގް ހިމެނިފައި ވަނީ ފާސްޓް ފުޑް ކެއުމެއްގެ ގޮތުގައި އެވެ. ދިގުކޮށް އޮންނަ ބަނަހެއްގެ މަތި ދިގަށް ފަޅާލައި އޭގެ ތެރެއަށް ސޮސެޖެއް ލުމުން އެއަށް ހޮޓް ޑޯގް ކިޔައެވެ. ބޭރު ޤައުމުތަކުގެ މީހުން ސޮސެޖުގެ މައްޗަށް އެކި ވައްތަރު ސޯސްތައްވެސް އަޅައެވެ. ސޯސް އެޅަނީ ބަނަސް މަތީގައި އޮންނަ ސޮސެޖުގެ މައްޗަށެވެ.

ޓިކްޓޮކާއެއް ކަމަށްވާ ޝީނާމަރީގް ބުނާގޮތުގައި ހޮޓް ޑޯގް ކާއިރު ސޮސެޖުގެ މައްޗަށް ސޯސް އަޅައިގެން ކެއުމުގެ ބަދަލުގައި ސޯސްތައް ސޮސެޖުގެ މައްޗަށް އަޅައި ސޮސެޖު އަނެއް ފަޅިއަށް އަނބުރާލަމުން އަނގައިގެ ބޭރުގައި ސޯސް ނުހޭކޭނެ އެވެ.

https://www.tiktok.com/@sheenamarieq/video/6968425720196386049?_d=secCgYIASAHKAESPgo8H1gvyCHABOGm5iBeJOy74fhPwFeL7K4t8jQSHY6X6n3cFVJ7SK%2BbnZbib4WjX6HZZ5SHSOCS7voUXLxMGgA%3D&checksum=9b6679b066274b018a751dd5605d4f64ee7745d6758841f7df481d4de33ce57e&language=en&preview_pb=0&sec_user_id=MS4wLjABAAAAZz7XZfvXYZ9_QEpY4ojJua1dbxvejJwBkA70yUbdMoGASdIcMD86cbPIYJQcq86d&share_app_id=1233&share_item_id=6968425720196386049&share_link_id=0944E193-9E85-471E-BAE9-9F6F3E855E88&source=h5_m×tamp=1631247369&tt_from=copy&u_code=d0dfldd8f6hak2&user_id=6565519517489315846&utm_campaign=client_share&utm_medium=ios&utm_source=copy&_r=1

އާންމުކޮށް ހޮޑް ޑޯގް ހަދާއިރު ބޭނުންކުރަނީ މަސްޓަޑް ސޯސް އާއި ކޮންމެވެސް ކަހަލަ ކެޗަޕް އެކެވެ. އެއީ ޓޮމާޓޯ ސޯސްއަސްވެސް ނުވަތަ ޗިލީ ސޯސްއަށްވެސް ވެދާނެ އެވެ.

ޝީނާމަރީގް ޓިކްޓޮކް އަށް ލާފައިވާ މި ވީޑިއޯ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މި ވީޑިއޯ އަށް ވަނީ ލައްކައަކަށްވުރެ ގިނަ ލައިކްސް ލިބިފައެވެ. އަދި ގިނަބަޔަކު ވަނީ އެ ވީޑިޔޯ އަށް ކޮމެންޓުތައްވެސް ކޮށްފައެވެ.