އިންޑިޔާގެ މުމްބާއީގައި އޮތް ކުރޫޒުގައި ހިންގި މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ބޮލީވުޑުގެ ސުޕަސްޓަރ ޝާހުރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ޚާން ދިފާޢުގައި އެންމެ ފުރަތަމަ ނިކުތް ބޮލީވުޑު ފަންނާނަކީ އެކްޓަރ ސުނިލް ޝެޓީއެވެ.

ސުނިލް ޝެޓީ ބައިވެރިވި ހަފުލާއެއްގައި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ މަސްތުވާ ތަކެތީގެ އޮޕަރޭޝަންއެއްކޮށް ގިނަ ބަޔަކު ހައްޔަރު ކުރުމުން އެންމެންނަށް ވެސް ހީވަނީ ހައްޔަރު ކުރި އެންމެންނަކީ މަސްތުވާ ތަކެތި ބޭނުން ކުރި މީހުން ކަމަށެވެ.

މި މައްސަލައިެ ތަހުގީގު އަދި ވެސް ދަނީ ކުރިއަށެވެ.

އާރްޔަން ޚާންއަކީ އަދި ކުޑަ ކުއްޖެއް ކަމަށާއި އޭނާ ނޭވާލަން ފުރުސަތެއް ދިނުމަށް ވެސް ސުނިލް ޝެޓީ އެދިފައިވެއެވެ. އަދި ތަހުގީގުތައް ނިންމާ ފައިނަލް ރިޕޯޓް އަންނަން ދެން ހީވާ ހިވުންތަކަށް ވާހަކަ ނުފަތުރާ ތިބުމަށް ވެސް ސުނިލް ޝެޓީ އެދިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އާރްޔަން ޚާންގެ އިތުރުން އެ ބޯޓުގައި ތިބި މީހުންގެ ފޯނުތައް ދަނީ ބަލައި ފާސް ކުރަމުންނެވެ. މަސްތުވާ ތަކެތީގެ މައްސަލައާއި އެއްވެސް ގުޅުމެއް ވޭތޯ ބެލުމަށް ކުރާ މި ތަހުގީގުގެ ތެރެއިން އާރްޔަން ޚާންގެ ވަޓްސްއަޕް މެސެޖުތައް ވެސް ވަނީ ބަލައިފައެވެ.

އާރްޔަން ޚާން އެންސީބީއަށް ހާޒިރު ކުރުމުން އާރްޔަންގެ މަންމަ ގައުރީ ޚާން ވެސް އެންސީބީއަށް ގޮސްފައިވެއެވެ.