މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ ޖައްވުގައި ފިލްމެއްގެ ޝޫޓިން ނަގަން ފުރަތަމަ ތައްޔާރުވީ ޓޮމް ކްރޫޒް އެވެ. ނަމަވެސް އެ ފިލްމުގެ ޝޫޓިން ފަސްކޮށްފައި ވަނިކޮށް ރަޝިޔާގެ ފިލްމީތަރިއެއް ކަމަށްވާ ޔޫލިޔާ ޕެރެސިލްޑް ޖައްވުގައި ފިލްމެއްގެ މަންޒަރު ނަގަން ތައްޔާރުވެއްޖެއެވެ.

ރަޝިޔާގެ ފިލްމީތަރި ޔޫލިޔާ ޕެރެސިލްޑް ޖައްވުގައި ފިލްމުގެ ޝޫޓިން ނެގުމުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދާން ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.

ޓޮމް ކްރޫޒް ކުރިން ޖައްވަށް ދާން ހަމަޖައްސާފައި އޮތީވެސް މި މަހުގައި އެވެ. ނަމަވެސް އޭނާ ޝޫޓިން 2022 ވަނަ އަހަރަށް ވަނީ ފަސްކޮށްފައެވެ.

37 އަހަރުގެ ރަޝިޔާގެ ފިލްމީތަރި ޔޫލިޔާ ޕެރެސިލްޑް އާއި އެކު އޭނާ ކުޅޭ ފިލްމުގެ ޑައިރެކްޓަރ ކްލިމް ޝިޕެންކޯ ވެސް ޖައްވަށް ދާނެ އެވެ. މި ދެމީހުން ޖައްވަށް ދިއުމަށް ހަށިގަނޑު ހޭނުމަށް ފަރިތަކުރާތާ މަސްތަކެއް ވެއްޖެއެވެ. އެގޮތުން އެއްވެސް ވަރަކަށް ދަމާބާރު ނުހުންނަށް ފްލައިޓްތަކުގައިވެސް ވަނީ ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައެވެ.

މި ފިލްމު ކުޅުމަށް ޖައްވަށް ދާ ފަރާތްތަކުގެ ސިއްހީ ހާލަތުވެސް ވަރަށް ރަނގަޅު ކަމަށް ފާއިތުވި ހަފްތާގައި ސިއްހީ ފަރާތްތަކުން ވަނީ އަންގާފައެވެ. ޝިޕެންކޯ އާއި ޕެރެސިލްޑް 12 ދުވަސް ވަންދެން ޖައްވުގައި ހަރަކާތްތެރިވާނެ އެވެ.

ބައެއް މީޑިޔާ ތަކުން ރިޕޯޓް ކުރާގޮތުގައި ޓޮމް ކްރޫޒް ޖައްވަށް ދާނީ އެލޯން މަސްކްގެ ސްޕޭސްއެކްސް އިންނެވެ. މިއީ ނާސާ އާއި އެލޮން މަސްކް ގުޅިގެން ޖައްވަށް ދަތުރުކުރާ އުޅަނދެއްގައި ކުރާ ފުރަތަމަ ދަތުރަށް ވެގެންދާނެއެވެ. މިއީ 200 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާމުނަގަރު

    ފިލްމެއް ނަގަން ތައްޔާރުވުމީ އެކަން އެމީހަކުކުރިކަން ނޫން ))