ގުޑުގުޑާދޫނި ނުވަތަ ފްލެމިންގޯތަކެއް ރާއްޖެ އައުމާއިއެކު ކޮންމެވެސް ބަޔަކު އެއިން ބައެއް ދޫނި ހިފުމަށްފަހު ވިއްކަން އިއުލާން ކުރުން އެއީ ގިނަ ދިވެހިން ބަލައިގަތް ކަމެއް ނޫނެވެ. ފުލުހުންނާއި އީޕީއޭއަށްވުރެ ކުރިން އެކަމާއި ކަންބޮޑުވެ، މައްސަލަ ސަމާލުކަމަށް ގެނައީ ވެސް އާއްމުންނެވެ.

ނަމަވެސް ލޭ ހޫނުވެ ހިތާމައިގެ ސާލެއް އަޅަން ޖެހުނު ފޮޓޯއެއް އިއްޔެ މީސް މީޑިއާގައި ދައުރުވާން ފެށިއެވެ. ގުޑުގުޑާދޫނިތަކެއް މަރާލުމަށްފަހު ފޮއްޓަކަށް އަޅާފައި ހުރި އެފޮޓޯތަކަކީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށް ދޭހަވާ ގޮތައް މީސް މީޑިއާގައި ދައުރުކުރަމުން ގެންދިޔައެވެ.

ނަމަވެސް އެއީ ރާއްޖޭގެ ފޮޓޯއެއް ނޫނެވެ. އިންޓަނެޓުން ލިބެން ހުރި މައުލޫމާތައް ބަލާއިރު ފޮޓޯ އިން ފެންނަނީ ހަތަރު ގުޑުގުޑާދޫންޏެއް މަރާލުމަށްފަހު ފޮށިގަނޑަކަށް ލާފައިވާ މަންޒަރެވެ. އެއީ މޯލްޓާގައި މިމަހުގެ 01 ވަނަ ދުވަހު ހިނގި ކަމެއްކަން ލިބެން ހުރި މައުލޫމާތުތަކުން އެނގެއެވެ.

މޯލްޓާގެ ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ދޫނިތައް މަރާފައި ވަނީ ދޫނި ޝިކާރަކުރަން އުޅުނު މީހަކު ބަޑިޖަހައިގެން ކަމަށް ތުހުމަތު ކުރެވެއެވެ. އެމައްސަލައިގައި 23 އަހަރުގެ ޒުވާނަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ތުހުމަތުތަކަށް އިންކާރު ކުރިނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކޮށްލަން ކޯޓުގައި އެދުނު ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރު ނިންމެވީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލެވެން ނެތް ކަމަށެވެ.

ދައުރުވަމުންދާ ފޮޓޯ އަކީ ރާއްޖޭގެ ފޮޓޯއެއް ކަމަށް ނުވިނަމަވެސް އެއީ ރާއްޖޭގައި ވެސް ނުހިނގާނެ ކަމެއް ކަމަށް އަދި ބެލެވޭކަށް ނެތެވެ. ހިމާޔަތް ކޮށްފައިވާ ދޫނިތަކުގެ ދިފާއުގައި ބަޔަކު ކިތައްމެ ވަރަކަށް އަޑުއުފުލި ނަމަވެސް އެއްވެސް ދޫންޏަކީ ހިމާޔަތް ކުރެވޭނެ އެއްޗެއް ނޫންކަމަށް ވަކާލާތު ކުރާ މީހުން ވެސް އެބަތިއްބެވެ. އެހެންކަމުން މޯލްޓާގެ މަންޒަރު އަދި ރާއްޖެ އިން ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވައިކިންގ

    ހެޔޮ ނުވާނެ. އެ ދޫނިތަކަށް އަދި އެހެނިހެން މަޚުލޫޤުތަކުންނަށްވެސް ގޯނާ ނުކުރޭ. ހަމަގައިމުވެސް އަހަރުމެން އެންމެންވެސް މަރުވާނެ. ދެން އެއަށްފަހު އޮތީ ޖަވާބުދާރީވުން.

    44
    5
  2. އާސިދާ

    ތީ އަދި ބޮޑު ކަމެއްނޫނެންނޫ ހުދު އިންސާނުން މަރަމުންދާއިރު ތިޔަވާ އެވެރިން ކޯއްޗަކައް..

    42
    5
  3. ޝަމީހް

    ފުލެމިންގޯއިން ބިރިޔާނީ ހެދީމަވަރައް މީރުވާނެހެން ހީވޭ..

    11
    15
  4. އަހުމަދުކަ

    ތިޔަ ދޫނިތަށް މަރައިގެން އޭނާ ހައްޔަރު ކޮށް ކަފާލާތުން ވެސް ދޫނުކުރިތާ މި ގައުމުގަ މީހަކު މަރާފަ ވެސް އިޖުރާއަތޭ ކިޔާ ދޫކޮއްލާނެ އަދި ކޮބާ އުމުރު ދުވަހު އާއިލާގެ އެންމެން ދާއޮހޮރުވާއިގެން އެއްކުރި އެތަށް ސަތޭކަ މީހުންގެ ލާރޮކޮޅު ފުލެޓް ދޭނަމޭ ކިޔާ ކާލި މީހާ ވެސް އިއްޔެ އެދޫކުކޮއްލީ

    19
    1
  5. ރަދީފް

    ރަނގަޅު.

    6
    5
  6. ރާއްޖެބޯއީ

    މިއަދުގެ ހާލަތުގައި ދިވެހިން މިތިބީ އެއްވެސް ކަމަކަށް ފިކުރުކުރެވޭ ހާލަތެއްގައެއްނޫނެވެ، ﷲ އާއި އެކަލާގެ ރަސޫލާ ސއވ އަށް ހަޖޫޖަހާ ލިޔެ އެވާހަކަތަށް ދައްކާއިރުވެސް އެއްވެސް ހިސާބެއްގައި މިކަން މަނާކުރެވި ކުއްވެރިކުރެވި ފާޅުގައި އެފަދަކަންކަމާއި ދެކޮޅުހަދާލަން ކެރުނުބައެއް އުޅޭތޯ،

    18
    2
  7. އަޚް

    ބައެއް މީހުން ޒާތީވެ އެކަކު އަނެއްކަކަށް އަނިޔާވެރިވެވޭނެ ގޮތެއް ހޯދުމުގައި މީސްމީޑިއާ....ބޭނުންކުރުންވެސް.... އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދީ ދެރަގޮތްވުމަށްއެދޭ އެދުމަކީ ދިވެހިންގެ ތެރޭގައި ރިވެތި މުސްލިމް ނަން ކިޔައިގެން އުޅޭ ބައެއް ދިވެހިންނަށް ލިބޭ އުފަލެއްބާ؟ ބިރުވެތިވޭ ކުއްލި މަރުތައް ގިނަވެ.... ފަސާދައާއްމުވަމުންދަނީ... މަރަށް ތައްޔާރުވެތިބެމާ.... މީހުންގެ ހައްޤުތަކަށް އަރާނުގަނެ... އަޅުކަމާއިގެން ކުރިއަށްދޭ.... ވަގުތެއްނެތް....

    11
    1
  8. ބުރުގާ

    މަރައް ފެށީކީ ނޫން. ބެހެންފެށީ.

    3
    2
  9. އަހުމަދު

    "ދައުރުވަމުންދާ ފޮޓޯ އަކީ ރާއްޖޭގެ ފޮޓޯއެއް ކަމަށް ނުވިނަމަވެސް އެއީ ރާއްޖޭގައި ވެސް ނުހިނގާނެ ކަމެއް ކަމަށް އަދި ބެލެވޭކަށް ނެތެވެ." މިހެން ބުނާއިރު ހިނގާނެ ކަމެއް ކަމަށް ބެލެވޭތަ؟

    3
    3
  10. ޯަނިޕޯ

    ވިީދެރަ