އާދަޔާއި ހިލާފު ސިފައަކަށް އޮތް، ކޮންއެއްޗެއް ކަން ވަކިކުރަން ތަކުރިބާކާރުންނަށް ވެސް މުޅިން ޔަގީން ނުވާ އެއްޗެއް އެމެރިކާގެ ސްޓޭޓެއް ކަމަށް މިން އަށް ލައްވެއްޖެއެވެ.
އެމެރިކާގެ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ލައްވެފައި ވަނީ "ކަނޑު ފުރޭތައެއް" ކަމަށެވެ.
ލައްވެފައިވާ "ކަނޑު ފުރޭތައިގެ" ދިގުމިނުގައި 15 ފޫޓް އެބަހުއްޓެވެ. އޭގެ ހަށިގަނޑުގެ އެންމެ ފުޅާ ދިމާލުގައި ހަތަރު ފޫޓް އެބަހުއްޓެވެ.
ކަނޑުގެ ދިރުންތަކާއި ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ކްރިސް ބްލެއާ ވިދާޅުވީ އެއީ ބޮޑުމަހެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.
ނަމަވެސް ފްލޮރިޑާގެ ޕްރޮގްރާމް ފޯ ޝާކް ރިސާޗްގެ ޑިރެކްޓަރ ޖޯޖް ބާގެސް ވިދާޅުވީ އެއީ މިޔަރެއް ކަމަށެވެ.
"އަހަރެންނަށް ވަރަށް ޔަގީންކަމާއި އެކު ބުނަން އެނގޭ އެއީ ބާސްކިން ޝާކެއް." ޖޯޖް ވިދާޅުވިއެވެ.
ބާސްކިން ޝާކް އަކީ ދެވަނަ އަށް އެންމެ ބޮޑުވާ މަހެވެ. މިމިޔަރު 32 ފޫޓަށް ބޮޑުވެއެވެ. މީގެ މިޔަރެެއް އެންމެ ބޮޑުވެފައި އޮންނައިރު ބަރުދަނުގައި ފަސް ޓަނު ހުންނަ ކަމަށެވެ.
އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޓަން އޮފް ނޭޗާ އިން ބުނާ ގޮތުގައި ފަހަކަށް އައިސް ބާސްކިން ޝާކްގެ އާބާދީ ދަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. ބާސްކިން ޝާކްގެ އާބާދީ މަދުވާން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ކަނޑުގެ ލޮނުގަނޑު ހޫނުވުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
މިއީ އާންމު ގޮތެއްގައި ކަނޑުގެ ވަރަށް އަޑީގައި އުޅޭ މިޔަރެކެވެ. އެހެންކަމުން ވަރަށް މަދު ހާލަތެއްގައި ނޫނީ މިބާވަތުގެ މިޔަރު އިންސާނުންނަކަށް ނުފެނެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާ އަށް ލައްވެފައިވާ "ކަނޑު ފުރޭތައިގެ" ސިފަ ގެއްލިފައި ވަނީ މޫދުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުންނެވެ. މިއީ ކޮންކަހަލަ މަހެއްތޯ ބެލުމަށް މިހާރު ލެބޯޓްރީގައި ދަނީ ޓެސްޓްތައް ހަދަމުންނެވެ.
މި ވާނީ ރަންނަމާރިއަށް
ތީ މަގޭ ރަނިންމޭޓް????
?
ވެދާނެ
އަހަރުންނޭ ކިޔައިގެން ހަޑިވާހަކަ ނުދައްކާ!!!
ތީވެސް މާތްﷲ ފުރިހަމަސޫރައިގާ ހައްދަވާފަވާ އިންސާނެއް ބަލަ މަޖަލަކަށް ހަދާފަވެސް ތިހެން ބުނަންނުވާނެ.. ޕިސް ޕިސް