އެމެރިކާގެ އެކްޓްރްސް ސަލްމާ ބްލައިރް އޭނާގެ ދިރިއުޅުމުގައި ދިމާވި އެންމެ ހިތްދަތި އަދި އެންމެ ބިރުވެރި ދުވަސްތަކުގެ ވާހަކަތައް ހިއްސާކޮށްފިއެވެ.
އެގޮތުން އުމުރުން ހަތް އަހަރުގައި ބަނގުރާ ބޭނުންކޮށް، އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ވާހަކަ އޭނާ ވަނީ ކިޔާދީފައެވެ. އަދި ކޮލެޖް ދުވަސްވަރު ވަރަށް ބޮޑަށް ބަނގުރާލަށް ދެވި ހިފި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ގޮތުގައި އޭނާ 'އެކްސްޕާޓް އަލްކޮހޯލިކް' އަކަށްބެ، އެލެމެންޓްރީ، މިޑްލް، އަދި ހައި ސްކޫލްގައި އުޅުނުއިރު ބަނގުރާ ބޮއެ ހެދި ކަމަށް އޭނާ ބުންޏެވެ.
އެގޮތުން އެންމެ ފުރަތަމަ ބަނގުރާ ބޭނުން ކުރީ އުމުރުން ހަތް އަހަރުގައި ކަމަށް ބުންޏެވެ. އެއީ އާއިލާއެއްކޮށް ކާން އަރާ އިންދާ ކަމަށް ބުންޏެވެ.
"އެއީ އެ ފަހަރު އަހަރެން ބޭނުން ކުރި ވަރު ބަލަންވެސް މީހެއް ނެތުމުން". އެގޮތުން މަސްތުވަންދެން އެ އެއްޗެހި ބޭނުން ކުރި ކަމަށް ބުންޏެވެ. އަދި ވަރަށް ބޮޑަށް މަސްތުވެ އެރޭ ނިދުނީ ކޮންތާކުންވެސް ސާފް ނުވާ ކަމަށް ބުންޏެވެ.
އިތުރަށް ކޮލެޖް ސްޕްރިންގ ޗުއްޓީގައި ކުރި ދަތުރެއްގައި ރޭޕްގެ ޝިކާރައަކަށްވި ވާހަކަ އޭނާ ކިޔާދީފައި ވެއެވެ.
"އަހަރެން ރޭޕްކުރި އެތައް ފަހަރަކު، އަހަރެން އޮތީ އެކަން ނުކުރުމަށް އެދި އާދޭސް ކުރެވޭ ވަރަށްވުރެވެސް ބޮޑަށް މަސްތުވެގެން". އޭނާ ބުނީ ރޭޕްކޮށްފައި އެެއް ދުވަސް ކުރިން ވަރަށް ގަދަޔަށް ބަނގުރާ ބޭނުންކޮށްފައި ވަނިކޮށް ކަމަށެވެ.
"ދެ މީހުން އަހަރެން ރޭޕް ކުރިކަން ބުނެދޭން ނޭނގެ. އެކަމަކު ޔަގީނުންވެސް އެކަކު ކުރި. އަހަރެން މަޑުން ހުރީ އެ ހުރިހާ ކަމެއް ނިމެންދެން". އެކަމާއި އެއްޗެއް ނުބުނެވުމުން ހިތާމަ ކުރާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އޭނާ ކިޔާދިންގޮތުގައި، ޖިންސީ އަނިޔާގެ ތެރޭގައި އުޅުނުއިރު، ކަންކަން ހަނދާން ނައްތާލަންވެސް ބަނގުރާ ބޭނުން ކުރި ކަމަށެވެ. އަދި 2016 އާ ހަމައަށް އެކަން އެގޮތުގައި ދެމި އޮތް ކަމަށް ބުންޏެވެ.
އުމުރުން 49 އަހަރުގެ ސެލްމާ ވަނީ އެތައް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ލީގަލީ ބްލޮންޑް، ހެލްބޯއި، ދަ ސްވީޓަސްޓް ތިންގ ހިމެނެއެވެ.
ރާކަނިމަސް ކެވިއްޖެނު. އަދިވެސް ބޮވޭތޯބަލާ
ސަމާލުކަން ހޯދަން ކިޔާދީފައިވާ ވާހަކައެއް ހެން ހީވަނީ