އިންޑިއާގެ ޓީވީ އެކްޓަރެއް އޭނާގެ އަމިއްލަ ނަފްސާއި ކައިވެނި ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަމިއްލަ ނަފްސާއި ކައިވެނި ކޮށްފައިވަނީ "ޕަވިތްރާ ރިޝްތާ" އާއި "ދިޔާ އޮތް ބާތީ ހަމް" އިން ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ކަނިޝްކާ ސޯނީއެވެ. އޭނާ އަމިއްލަ ނަފްސާއި ކައިވެނި ކުރާކަން ހާމަކޮށްފައިވަނީ އަމިއްލަ މީސްމީޑިއާ އެކައުންޓުގައެވެ.

އެގޮތުން އޮގަސްޓް ހަވަނަ ދުވަހު އިންސްޓަގްރާމްގައި އިންޑިއާގައި ކައިވެނި ކުރާ އަންހެނުން އަޅާ ހެދުން އަޅައިގެން ނިއްކުރީގައި "ސިންދޫރެއް" ޖަހައިގެން ނަގާފައިވާ ފޮޓޯގައި އޭނާ ބުނެފައިވަނީ ކައިވެނި އޭނާ ކުރީ އިންޑިއާގެ ސަގާފަތުގައި އެކަން އޮންނާތީ ކަމަށާއި އަދި ކައިވެންޏަކީ ހަމައެކަނި ޖިންސީ ގުޅުން ހިންގުން ކަމުގައި ވެސް ނުބަލާ ކަމަށެވެ.

"އަހަރެން މީހުންނަށް ކުރާ އިތުބާރު ވަނީ ގެއްލިފައި. އެހެން ކަމުން އެކަނި އުޅުން އަހަރެންނަށް މާރަނގަޅު." އޭނާ ބުންޏެވެ.

 

View this post on Instagram

 

A post shared by Kanishka Soni (@itskanishkasoni)

އޭނާގެ ޕޯސްޓާއި ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔުންތައް ކިޔަމުން އަންނައިރު، އެކަމާއި ގުޅިގެން އޭނާ ބުނެފައިވަނީ ހާސްކަމެއް ނެތް ކަމަށާއި މުޅި މީސްމީޑިއާގައި އޭނާގެ ޕޯސްޓު ދައުރުކޮށްދިނީތީ ޝުކުރު ކުރާ ކަމަށެވެ. އަދި އަމިއްލަ ނަފްސާއި ކައިވެނި ކުރީ މަސްތުގެ ހާލަތުގައި ހުރެގެން ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކަނިޝްކާ ބުނެފައިވަނީ އޭނާ އަކީ ދުވަހަކު ވެސް ބަނގުރާ ނުވަތަ މަސްތުގެ އެއްވެސް ބާވަތެއް ބޭނުން ކުރި މީހެއް ނޫން ކަމަށާއި މީހުން ކިޔާ އެއްޗަކަށް އޭނާ ނުބަލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    ބަޔަކަށް މިކަހަލަ ކަންކަން ޚަބަރަކަށް ވިއަސް އަހަރެމެން މުސްލިމުން މިޒާތުގެ އިންސާނީ ފިތުރަތާވެސް ޚިލާފު ކަންކަމުގެ ޚަބަރުތައް އާންމުންގެ ތެރެއަށް ފެތުރުމަކީ ރަނގަޅުކަމެއް ނޫން. މިއީ މިކަހަލަ ކަންކި ްްއާންމުވުމަށް ލެވޭބާރަކަށް ފަހަރުގަ ވެދާނެ.

    27
    1
  2. 🌈

    ބަރާބަރު ތިހެންވާންޖެހޭނީ

    4
    15
  3. އެއްމެން

    ވަގުތު ނޫހުގައި ޖަހާނެ ޚަބަރެއް ނެތިގެން އުޅޭފާޑު އަބަދުވެސް ޖަހާ. އެހެން ވީމަ މީހަކު ނުވަތަ ބަޔަކު އައުގުރާނަ ގޮވިޔަސް ރަނގަޅު ވަގުތައް އޮންނަނީ އެއީ ރަނގަޅު ޚަބަރަކަށް ވެފާ.

  4. މީއަވަ

    އިސްލާމް ދީން ހުއްދަ ނުކުރާ ކަންތަށް މީހުންކުރީމަ އެއީ މާމޮޅު ކަމެއްކަމުގައި ދެކިގެން އެކަން އިޝްތިހާރު ކުރަނީތޯ؟