ދެކުނު އެފްރިކާގެ ޒުލޫ ރަސްގެފާނު ކަމާ ހަވާލުވި ބޭފުޅާއަށް ތަހުނިޔާ ދެންނެވުމަށް އެތައް ހާސް ބަޔަކު ޖަމާވެއްޖެއެވެ.

ދެކުނު އެފްރިކާގެ އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ އާސާރީ ރަސްކަމުގެ ތަޚުތާ ހަވާލުވެވަޑައިގެންނެވި އާ ރަސްގެފާނަށް މަރުހަބާ ކިޔުމަށް އެގައުމުގެ ރައްޔިތުން އެއްވީ ރަސްގެފާނުގެ ޝާހީގަނޑުވަރަށެވެ.

އުމުރުން 47 އަހަރުގެ މިސުޒުލޫ ޒުލޫ އެގައުމުގެ ޒުލޫ ރަސްގެފާނު ކަމަށް އައްޔަން ކުރެވުނު އިރު ކުރީގައި އެ ރަސްކަމުގައި ހުންނެވީ އޭނާގެ ބައްޕަ ގުޑްވިލް ޒެވިލިތީނީއެވެ. 50 އަހަރު ރަސްކަން ކުރެއްވުމަށްފަހު ފާއިތުވި އަހަރުގެ މާރިޗް މަހުގައި އެ ރަސްގެފާނު ވަނީ އަވަހާރަ ވެފައެވެ.

މި ރަސްކަމުގެ ލަގަބަށް ތަންފީޒީ ބާރެއް ނުދޭ ނަމަވެސް މިއީ 11 މިލިއަނަށްވުރެ ގިނަ މީހުން އުޅޭ ދެކުނު އެފްރިކާގެ އާބާދީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ޒުލުސްގެމައްޗަށް ހުންނަވާ ރަސްގެފާނެވެ.

ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް ދިޔަ މީހުން ދިޔައީ ސަގާފީ ކުލަގަދަ ހެދުންތައް ލައިގެންނެވެ. ފިރިހެނުންނާއި އަންހެނުންވެސް ހިމެނޭގޮތަށް ދެ ޖިންސުގެ މީހުންވެސް އެގައުމުގެދެކުނު އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ކުއާޒުލޫ-ނަޓާލް، ޒުލޫ ހާޓްލޭންޑްގެ ކުޑަ އަވަށެއް ކަމަށްވާ ނޮންގޮމާގެ ފަރުބަދަމަތީގައި ހުންނަ މާބްލް ގަނޑުވަރުގެ ބޭރަށް އެއްވިއެވެ.

އަލަށް ރަސްކަމާ ހަވާލުވެލެއްވި ޒުލޫ ރަސްގެފާނަށް މަރުހަބާ ކިޔުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި އެގައުމުގެ އެކި ހިސާބުތަކުން މީހުން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.