އިނގިރޭސިވިލާތަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މެކްސިކޯގެ ކަންކުންގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ހޮޓެލް ބެލްކަނިންގ ވެއްޓިއްޖެއެވެ.

އޭނާއަށް ލިބުނު އަނިޔާތަކަަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން ދާއިރު، އޭނައަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކޯމާއަކަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނީ ޕުއެރްތޮ މޮރޭލޮސް ސަރަހައްދުގައި ހުންނަ މޫން ޕެލަސް ހޮޓަލުގެ ބެލްކަނީން ވެއްޓި ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށް ދަ ސަން ނޫހުން ބުނެފައި ވެއެވެ.

އެ މީހާ އެތަނުން ވެއްޓުމާއެކު އިމަޖެންސީ ހިދުމަތްތަކުން ގެލެނިއާ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އޭގެ ފަހުން ޖެނެރަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ މިފަދަ ގޮތަކަށް ހިނގި ފުރަތަމަ ހާދިސާއެއް ނޫނެވެ. މިދިޔަ ހަފުތާގައި މޭޖާކަންގެ ވެރިރަށް ޕާމާގައި ހަތަރު ތަރީގެ ހޮޓެލް މެލިއާ ޕާމާ މެރީނާގެ އަށް ވަނަ ފަންގިފިލާއިން 48 އަހަރުގެ އިނގިރޭސި ވިލާތުގެ އަންހެނަކު ވެއްޓި ވަނީ މަރުވެފައެވެ.

އޭގެ ކުރިން މިދިޔަ މަސް ތެރޭގައި ޖެނާ ސްމިތު، 34، ނަމަކަށް ކިޔާ މީހަކު ތުރުކީގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ހަތް ވަނަ ބުރީގެ ބެލްކަނީން ވެއްޓި ވަނީ މަރުވެފައެވެ.

މިދިޔަ މެއި މަހު މަގަލޫފްގެ ހޮޓަލެއްގެ ހަތް ވަނަ ފަންގިފިލާއިން ވެއްޓި އިނގިރޭސިވިލާތުގެ ފަތުރުވެރިޔަކުވެސް ވަނީ މަރުވެފައެވެ.