ރ. އަލިފުއްޓަށް އުފަން އުމުރުން 18 އަހަރުގެ ހުސައިން އަހުޒަމް އެއީ އުފެދުމުގައި ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. ކަނާއަތު ފައި ފަހަތަށް ލެނބިފައިވުމުން ހިނގާ ނޫޅެވެއެވެ. ހަމަ އިސްކޮޅަށް ތެދުވެ ނުލެވެއެވެ. ތުއްތުކުދިން ދުވެ އުޅޭ މަންޒަރު ބަލަން އެ ދެމައިންނަށް ވޭނަކަށްވިއެވެ. އެ ލޯތައް ކަރުނައިން ތެންމާލައެވެ. ނަމަވެސް ލޮނު ކަރުނަތަކުން އުންމީދީ ހުޅުކޮޅު ނިވިގެން ނުދިޔައެވެ.

އުފެދުނީއްސުރެ ކުއްޖާގެ މައިންބައިން އިންތިޒާރު ކުރަމުން ދިޔައީ އެ ދަރިއަށް ހަމަ އިސްކޮޅަށް ތެދުވެވޭނެ ދުވަހަކަށެވެ. ދަޑިގަނޑަކާއި ނުލާ ހިނގާލެވޭނެ ދުވަހަކަށެވެ. އެ ކުއްޖާ ދުވެ ސަކަރާތް ޖަހާ ކުޅެ އުޅޭ މަންޒަރު ދެކިލުމަށެވެ. މޯޅިވެފައިވާ އެ މޫނުތަކަށް އުންމީދު ގެނައީ 2018 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމް ހޮސްޕިޓަލްގެ ކޮއިންފަތޫރު ގާގާ ހޮސްޕިޓަލްގެ ޑޮކްޓަރުގެ ފޮނި ބަސްތަކުންނެވެ.

އޮޕަރޭޝަނަކަށް ފަހު އަހުޒަމަށް ހިނގޭނެ ކަމުގެ އުންމީދެއް، އެދެނީ އެހީއަށް!

ގިނަ އޮޕަރޭޝަންތަކެއް ކުރުމަށް 2021 ވަނަ އަހަރު އިންޑިއާއިން އެންމެ ފަހުން އޮޕަރޭޝަން ކޮށްފައިވާއިރު އަހުޒަމް އަށް މިހާރު ހިނގޭ ކަމަށް އޭނާ މަންމަ "ވަގުތަށް" ކިޔައިދިނެވެ. އަދި ދަރިފުޅަށް ކިތަންމެ ދުރަށްވެސް ހިނގިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާގެ މަންމަ ކިޔާދިނެވެ.

"އަހުޒަމްއަށް ހިނގާއިރު އުދަނގުލެއް ނުވޭ. އެކަމް ފައިގެ އެތެރެއަށް ލައްވާފައި ހުންނަ ދަގަނޑުތަކުގެ ސަބަބުން ފައި ލަބަން ކުޑަކޮށް އުދަނގޫކަމެއް ހުރޭ. އެ ދަގަނޑު ކޮޅު ނަގާނީ އަންނަ އަހަރު ނޮވެމްބަރުގައި." އަހުޒަމްގެ މަންމަ ބުންޏެވެ.

އަހުޒަމްގެ މަންމަ އާއި އެ އާއިލާގެ ފަރާތުން ވަނީ އަހުޒަމްގެ ފަރުވާއަށް އެހީވެދިން ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރައްޔިތުންގެ ފައިސާއިން މުއްސަނދިވެގެންއުޅޭ ބުރުމާ އެހީއެއް ދިންތަ؟ ރައްޔިތުންގެ މުދާ ފޭރިގެންއުޅޭ އުއްޗު އެހީެއް ދިންތަ؟

    9
    1