މޭކަޕްގެ ދުނިޔޭގައި އެތައް ބަޔަކު ފިޔަޖަހަމުންދާއިރު، އާ ޕްރޮޑަކްޓްތައްވެސް ދުނިޔެއަށް ދަނީ ތައާރަފްވަމުންނެވެ. މޭކަޕާއި ނުލާ އެއް ބަޔަކަށް ނުވެސް އުޅެވެއެވެ. މޫނުގައި ހުންނަ ލަށްތައް ފޮރުވުމުގެ ނިޔަތުގައި ގަދަޔަށް ފައުންޑޭޝަން ޖައްސާ މޭކަޕް ކުރާއިރު، އޭގެ ސަބަބުން އަންހެން ކުއްޖާގެ ރީތިކަން ވަރަށް ބޮޑަށް ފާޅުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިފަދަ މޭކަޕްތައް ކުރުމުގައި އެންމެ ކުރީގައި އުޅޭ އެއް ބަޔަކީ ޗައިނާ މީހުންނެވެ. އެ މީހުން ސިފަ ބަދަލުކޮށްލުމަށްޓަކައި ކޮށް އުޅެނީ އާދައިގެ މޭކަޕެއް ނޫނެވެ. އެގޮތުން ދާދިފަހުން ޗައިނާ މީހަކު ކޮށްފައި ހުރި މޭކަޕެއްގެ ވީޑިޔޯއަށް އެތައް ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ.

އަސްލު ސިފަ "ހުތުރު"ކަމަށް ގިނަ ބަޔަކު ބުނާ، އެ ޒުވާނާ މޭކަޕްކޮށް ނިމުނުއިރު، މުޅިން ތަފާތު ސިފައަކާއި އެކު ޒުވާން މޫނެއް އޭނާއަށް ލިބިފައި ވިއެވެ. ކީހުއާކުއާ ނަމަަކަށް ކިޔާ އެ އަންހެން މީހާ ތަފާތު މޭކަޕް ޓެކްނިކްތައް ބޭނުން ކުރަމުންދެއެވެ. އަދި ސިފައަށް ބޮޑު ބަދަލުތަކެއް ގެނެސް އެތައް ބަޔަކު ހައިރާންކޮށްލައެވެ.

އެގޮތުން އޭނާ ސްކިން ޓޯންއަށް ބަދަލުތަކެއް ގެނެސް، ނޭފަތާއި ތުންފަތަށްވެސް ބަދަލުތަކެއް ގެނައުމަށް މޭކަޕް ކުރިއިރު، ލޯ ވަރަށް ބޮޑަށް ހައިލައިޓްވެސް ކުރިއެވެ. މިކަމުގެ ސަބަބުން އޭނާ ކުރިން ހުރި ސިފަ އާއި އަޅައި ބަލާއިރު، އޭނާ ވަނީ މުޅިން ބަދަލުވެފައެވެ.

ކީހުއާކުއާ ކޮށްފައި ހުރި މޭކަޕްގެ ސަބަބުން އެ މީހާގެ ސޫރަ އަސްލު ހުތުރު ނޫންކަން ގިނަ ބަޔަކު މިހާރު ޤަބޫލުކުރެއެވެ. އަދި އެންމެންގެ މަލާމާތް ރައްދުވި އޭނާއަށް ތަފާތު ހުށަހެޅުންތައް އަންނަމުންދާއިރު، ބައެއް މީހުން އޭނާ ހާސިލްކުރުމަށް ދަނީ އެދެމުންނެވެ. ކީހުއާކުއާގެ ޖާދޫގައި ގިނަ ބަޔަކު ޖައްސާފައި މިވަނީ މޮޅު މޭކަޕެއް ކޮށްގެންނެވެ. މިއީވެސް މޭކަޕްގެ ތަފާތު އުކުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާނާ

    މިއީ މުޅިން ދެމީހުން.