މޫސުމަށް އަންނަމުންދާ ބަދަލު ތަކުގެ ސަބަބުން ކޮންމެ ދުވަހަކު ދުނިޔެއިން އެތަށް ހާސް ގަސްތަކެއް ނެތިގެންދެއެވެ. އަދި މީގެ އިތުރުން ބެލުމެއް ނެތި ދިރިއުޅުމުގެ ބޭނުން ތަކަށް އެތަށް މިލިއަން ގަސްތަކެއް ކޮންމެ ދުވަހަކުވެސް ކަނޑާލައެވެ.

ގަސް ކެނޑުމަކީ ދުނިޔެ ހޫނުވުމަަށް މެދުވެރިވާ ސަބަބެކެވެ. ނަމަވެސް ކަނޑާ ގަހަކަށް ގަހެއް އިންދުމަކީ މިކަމަށް އޮތް ހައްލެކެވެ. މަތީގައި އިން ފޮޓޯއިން ފެންނަ ޑްރޯން އަކީ ދުވާލަކު އެއްލައްކަ ގަސް އިންދުމުގެ ގާބިލުކަން ލިބިފައި ވާ އެއްޗެކެވެ.

ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި ދުނިޔެއިން ކޮންމެ އަހަރަކު 15 ބިލިއަން ގަސް ކަނޑާލައެވެ. ބަދަލުގައި އިންދަނީ 9 ބިލިއަން ގަހެވެ. އޭގެ މާނައަކީ 6 ބިލިއަން ގަސް ދުނިޔެއިން ކޮންމެ އަހަރަކު ނެތި ދެއެވެ.

ފޮޓޯ އިން ފެންނަ މި ޑްރޯން އަހަރެއްގެ މައްޗަށް އެއް ބިލިއަން ގަސް އިންދާނެއެވެ. މި ޑްރޯން އަކީ އިގިރޭސި ވިލާތުގެ ބައޯ ކާބަން އިންޖިނިއަރިންގެ އުފެއްދުމެކެވެ.

އަތުން ގަސް އިންދުމަކީ އެހާ ފައްސޭހަ ކަމެއް ނޫނެވެ. ނަމަވެސް މި ކުޑަ ޑްރޯންގެ ބޭނުން ކޮށްގެން ގަސް އިންދުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ.

ގަސް އިންދުމަށް މި ޑްރޯން ފުރަތަ ހަދާ ގޮތަކީ ގަސް އިންދަން ޖެހޭ ފަސް ގަނޑުގެ ތްރީޑީ ޕްރިންޓެއް ނަގާލަނީ އެވެ. އެއަށް ފަހު ޑްރޯން އަށް ގިނަ އަދަދެއްގެ އޮށް ޖެހޭނީ އަޅާލާށެވެ. އެއަށް ފަހު ޑްރޯން ފަސް ގަނޑުގައި ވަޅު ކޮނުމަށް ފަހު ކޮންމެ ވަޅަކަށް ސިކުންތަކު އޮށެއް ފޮނުވާލައެވެ.

މިއީ ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށް ހަރަދު ކުޑަ ގޮތެއް ކަމަށް މި ޑްރޯން އުފެއްދި ކުންފުނިން ބުނެއެވެ. އާންމު ކޮށް ގަސް އިންދުމަށް ފަސް ގަނޑު އެއްވަރު ކުރުމަަަށް ބަރު އުޅަނދު ބޭނުން ކުރެވެއެވެ.

ކޮންމެ އަހަރަކު ދުނިޔެއިން 95000 އަކަ މޭލުގެ ޖަންގަލި ނެތި ދެއެވެ. މިއީ 48 ފްޓް ބޯޅަ ދަޑެވެ. 2017 ވަނަ އަހަރު ބޭއްވުނު ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވަނީ ދުނިޔެއިން ގަސް ނެތިގެން ދިއުން ހުއްޓުވަން 400 މިލިއަން ޑޮލަރުގެ ފަންޑެއް ހުޅުވަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު