ދުނިޔޭގައި، އެތައް ބާވަތެއްގެ ދިރުމެއް ލައްވާފައިވެއެވެ. އެކި ބާވަތްތަކުގެ ދިރުން، ދުނިޔޭގައި ލައްވާފައިވަނީވެސް އެކި ބޭނުންތަކާއެވެ. ބައެއް ދިރުންތަކަކީ، އިންސާނުންނާއެކު އުޅެވޭ އެއްޗެހީގެ ގޮތުގައި ލައްވާފައިވާއިރު، ބައެއް އެއްޗެއްސަކީ، އެއެއްޗެހީގެ ފަރާތުން ބައެއް ފަހަރު، އިންސާނުންނަށް ގެއްލުން ލިބޭ އެއްޗެއްސެވެ.

މަތީގައިވާ ފޮޓޯ އިން އެފެންނަ ފައިދިގު މަކުނަކީ، އެތައް ބަޔަކު ބިރުގަންނަ، ސޫތްޕަކަށްވަނީ ވެގެން ގޮސްފައެވެ. އާއްމުކޮށް، ދުނިޔޭގެ ހުރިހާ ހިސާބަކުން ފެންނަ ފައިދިގު މަކުނަށްވުރެ، ސައިޒުން ބޮޑު މި މަކުނަކީ، އޮސްޓްރޭލިޔާގައި ދިރިއުޅޭކަމަށް ފާހަގަ ކުރެވިފައިވާ ފައިދިގު މަކުނުތަކުގެ ތެރެއިން އެންމެ ބޮޑު މަކުނުކަމަށްވެއެވެ.

އާއްމުކޮށް އިންސާނުން އުޅޭ ސަރަޙައްދުން މި ބާވަތުގެ ފައިދިގު މަކުނު ނުފެންނައިރު، އެތައް ބަޔަކު ބިރުގަނެފައިވަނީ، އިންސާނުން އުޅޭ ސަރަޙައްދުން، މި މަކުނު ފެނުމުންނެވެ. އެގޮތުން، މީހެއްގެ ގޭގެ ކުޑަދޮރުގައި މި ފައިދިގު މަކުނު ތަތްކޮށްލައިގެން އިން ފޮޓޯ އިން، ވަރަށް ފަހުންވަނީ އާއްމުވެފައެވެ.

ހަންޓްސްމަން ސްޕައިޑަރ

ފޮޓޯ އާއްމުކުރުމަށްފަހު، އެފޮޓޯ އާއްމުކުރި މީހާ ބުނެފައިވަނީ، މި ބާވަތުގެ ފައިދިގު މަކުނަށް ކިޔާ އުޅެނީ "ހަންޓްސްމަން ސްޕައިޑަރ" އެވެ.

އޮސްޓްރޭލިޔާގެ ސިޑްނީގައި އުޅެމުންދާ މި މީހާ ބުނެފައިވާ ގޮތުގައި، މިއީ ނުރައްކާތެރި އަދި ބިރުވެރި ފައިދިގު މަކުނެއް ކަމުގައިވިޔަސް، މި މަކުނު ގެއިން ފޮނުވާލުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެންގުޅެއެވެ. އޭގެ ބަދަލުގައި، އޭނާ ވިސްނަނީ، އޭނާގެ ގޭގެ ބިއްދަށް ފަރާތުގައި ހުރި ގަސްތަކެއްގެ ތެރެއަށް މި މަކުނު ދޫކޮށްލާށެވެ.

މީގެކުރިންވެސް، މި ބާވަތުގެ ފައިދިގު މަކުނެއް، އޮސްޓްރޭލިޔާގެ މީހުން އުޅޭ ސަރަޙައްދުން ފެނިފައިވެއެވެ. އަދި، އެމަކުނުގެ ވީޑިޔޯތައްވެސް އާއްމުކޮށްފައިވެއެވެ.

މި ބާވަތުގެ ފައިދިގު މަކުނު ފެނުމުން، އެހެން ޖަނަވާރުވެސް ބިރުގަންނަކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލައްޗޭ

    މީ މިރާއްޖޭގައި ވަރަށް ޢާއްމު ވައްތަރެއްގެ މަކުނެއް.

  2. Anonymous

    ބޭބޭ!! މީގެ ސައިޒު ބުނެލަދީބަލައި! އަދި މި ނުރައްކާވި ގޮތެއްވެސް އަލުން ލިޔެލަދީބަލައި!!