"މޮމޯ ޗެލެންޖް" ނަމަކަށް ކިޔާ ގޭމެއް ތައާރަފްވެ އެ ގޭމް ކުޅެ އެއަށޤ ދެވިހިފާ މީހުންގެ ފުރާނައަށް ގެއްލުންވެދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ. ދާދި ފަހުން އެ ގޭމް ކުޅެގެން އުމުރުން 12 އަހަރުގެ ކުއްޖަކު ވަނީ އަމިއްލަށް މަރުވެފައެވެ. އެފަހަރު މަރުވެފައި ވަނީ އާޖެންޓީނާއަށް ނިސްބަތްވާ މީހެކެވެ.

އެ ގޭމަކީ ވަޓްސްއެޕައި ފެތުރެމުންދާ ގޭމެއް ކަމަށް ވެއެވެ. އެ ގޭމްގައި ބިރުވެރި އެއްޗެއްގެ ފޮޓޯ ދައްކާއިރު، އެއީ މަދާ ބާޑްގެ ލިންކިންގ ފެކްޓްރީ ނަމަަކަށް ކިޔާ ގޭމެކެވެ. އެ ގޭމްގައި ކުޑަކުދިންގެ ހިތުގައި ބިރުވެރިކަން އުފައްދައި އެ ކުދިން ލައްވާ ގުޅުވަނީ ގޮތް ނޭގޭ ނަމްބަރަކަށް ކަމަށް ވެއެވެ.

އެ އެކައުންޓް ކަނެކްޓްވެފައި އިންނަނީ ތިން ނަމްބަރަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ނަމްބަރުތަކަކީ ޖަޕާނާއި، މެކްސިކޯ އަދި ކޮލަމްބިއާގެ ނަމްބަރުތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ މީހުން ބުނާގޮތަކަށް ކަންތައް ނުކޮށްފިނަމަ ބިރުގަންނަވާލަނީ ފާޑެއްގެ ބިރުވެރި ފޮޓޯއެއް ދައްކައިގެންކަމަށްވެސް ވެއެވެ.

ސައިބާ ކްރައިމް ޑިޕާޓްމެންޓްތަކުން ބުނާގޮތުގައި، އެ ގޭމްގެ މައިގަނޑު ބޭނުމަކީ އާއްމުންގެ އެކި މައުލޫމާތުތައް ހޯދުމެވެ.

ފުލުހުން ދަނީ މިފަދަ ގޭމްތައް ނުކުޅުމަށް އާއްމުންނަށް އަންގަމުންނެވެ. އަދި ކުދިން މިކަހަލަ ގޭމެއް ކުޅޭތޯ ބެލުމަށްވެސް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އި

    އިންޝާﷲ

  2. އިބިރިހިމާ ބެއްޔާ

    އާން ކަލޭމެން ތިޔަކަހަލަ އެއްޗެއް ފެންނައިރަށް އިޝްތިހާރު ކުރޭ ނޫހުގަ ލިޔާނެ އެއްޗެއް ނުލިބެނީތަ ރީޢާނު އަކީ މުޅިންވެސް ތާކުން ތާކުނުޖެހޭ އެއްޗެހިލިޔާ ކުއްޖެއް ކުރީފަހަރަކުވެސް ބުނިން ޚަބަރެއްނެތިއްޔާ ނިކަން ބާޒާރު މައްޗަށް ނިކުމެލާށޭ
    އެގޭ މިކޮމެންޓް ނުޖަހާނެ ކަން ވެސް، ދެން ފަހަރަކު ލިޔާނީ ނޫހެއްގެ ފަލަ ސުރުޚީގަ

  3. ނަސީދާ ސޮނިއުންބެ

    އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އެފަދަ ގޭމުތަށް ނުކުޅޭނެ ކަމަށާއި ކުޅޭނީ އަސްލުމަންޒަރު ފެންނަމުންދާ ގޭމުތަށްކަމަށް ސޭކު އަލީޒާހިރު ވިދާލުވާ އަޑު ވަރަށް އަވަހަށް އިވިގެންދާނެ