ބޮލީވުޑްގެ އެންމެ ރީތި ދެ ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ އާއި ދެ މީހުންގެ ކައިވެނީގެ ހަފްލާ ނޮވެމްބަރު މަސް ތެރޭގައި އޮންނާނެއެވެ. އަދި މިހާރު އެ ހަފްލާއަށް ތައްޔާރުވަމުން އަންނައިރު، އެ ހަފްލާއަށް ގެންދެވޭނެ ތަކެއްޗާއި ނުގެންދެވޭ ތަކެތީގެ ވާހަކަތައް މިހާރު ވަރަށް ގަދަޔަށް އެބަދެކެވެއެވެ.

އާއްމުކޮށް ކައިވެނީގެ ހަފްލާތަކުގައި ކައިވެނި ކުރާ ދެ މީހުންގެ އެކި ފޮޓޯތަކާއި، ވީޑީޔޯތައް މީސް މީޑިއާ ލާ އެއް ބަޔަކީ އާއްމުންގެ ތެރޭން ބައެކެވެ. މިފަހަރު އެގޮތަށް ނެހެދޭ ގޮތަށް ކައިވެނީގެ ހަފްލާ ބޭއްވުމަށް ދިޕިކާ އާއި ރަންވީރު ނިންމާފައިވާކަމަށް ވެއެވެ.

ދިޕިކާ އާއި ރަންވީރުގެ އެ ހަފްލާއަށްދާ އެއްވެސް ގެސްޓަކަށް ފޯނެއް ނުގެންދެވޭނެކަން ހާމަކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރުވެފައިނުވާއިރު، ރިޕޯޓްތައް ބުނާގޮތުގައި، ވާން އުޅޭ މި ދެމަފިރިން އެކަން އެ މީހުންގެ ގެސްޓުން ލިސްޓަށް އަންގާނެއެވެ. ނޫނީ ފޮނުވާ ވެޑިންގ ކާޑެއްގައި މި ވާހަކަތައް ހިމެނުންވެސް އެކަށީގެންވެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަރަށް ދުވަސްވެފައިވާ މި ދެ ލޯބިވެރިންގެ ކައިވެނީގެ ހަފްލާ އޮތީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންތައް މިހާރު ދަނީ ކައިވެނި ކުރަމުންނެވެ. މިދިޔަ އަހަރު ބަތަލާ އަނުޝްކާ އާއި ވިރާތް ކައިވެނި ކުރިިއިރު، ބަތަލާ ސޯނަމް ކަޕޫރާއި، އާނަންދުވެސް ދާދިފަހުން ވަނީ ކައިވެނިކޮށްފައެވެ. އަދި އިތުރު ބައެއް ތަރިންގެ ކައިވެނިތައްވެސް މި އަހަރު ކުރިއަށްދިޔައެވެ.