އިންޑިއާގެ ގުޖްރާތް ބާރުޗް ސިވިލް ހޮސްޕިޓަލްގައި ޑޮކްޓަރުން ތިބެ އަނިޔާވެގެން އައި މީހަކަށް ފަރުވާދިނުމުގައި އެއްވެސް ތަޖުރިބާއެއް ނެތް ހޮސްޕިޓަލްގެ ކުނިކަހާ މީހާ ހަރަކާތްތެރިވި މައްސަލައެއް ފެންމަތިވެއްޖެެއެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން އާއްމުންނަށް އެނގިގެން ދިޔައީ އެ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދައުރުވާން ފެށުމުންނެވެ.

އެ ވީޑިއޯގައި ޑޮކްޓަރުންނާއި ނަރުހުންވެސް އެ މީހާއަށް ފަރުވާދިނުމުގައި ހަރަކާތްތެރިވަމުން ދިޔަތަން ފެންނައިރު، އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ކުނި ކަހާ މީހަ އެ މީހާގެ ހަށިގަނޑުގައި ހަލާކުވެފައިވާ ތަންކޮޅު ފަހާ މަންޒަރުވެސް ފެނެއެވެ،

އެ ވީޑިއޯ ދައުރުވާން ފެށުމާއެކު އެ ހޮސްޕިޓަލުން ވަނީ އެ މައްސަލަ ބަލަމުންދާކަމަށް ބުނެފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް އެ މީހާ އެ ހޮސްޕިޓަލަށް ދިޔަ ބަލި މީހެއްގެ ހަށިގަނޑު ފަހަން ހުއްޓާ ނަގާފައިވަ ވީޑިއޯއެއް ދައުރުވެގެން އޭނާއާ ސުވާލުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އެތައް މައްސަލަތަކެއް މީޑިއާތަކަށް ތިލަވެއެވެ. ބައެއް ފަހަރު އެފަދަ މައްސަލަތަކަށް ހައްލު ނުލިބި ގިނަ ދުވަސްވެ އަނެއްކާ އެފަދަ މައްސަލައެއް ފެންމަތިވާ މަންޒަރު ފެނެއެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަގުތު

    ކަލޭމެން އިންޑިޔާދެކެ ހާދަލޯތްބެކޭ ދޯ މިގަހަކަށް އައިސް ވެގެން ތިއުޅެނީ. މިއޮތްހާ ދުވަހުވެސް ދިއިންޑިޔާ އޮތޭ. އަމިއްލަ ގައުމުގެ ވާހަކަ ދައްކަބަލަ. މީ މުސްލިމުން. އެއީ ކާފަރުން.