ހަތް ސީޒަނަށް ފަހު އޭބީސީގެ ދަ ގުޑް ޑޮކްޓަރ ސީރީސް ކެންސަލްކުރި ހަބަރާއެކު މީސް މީޑިއާ ކެކިއްޖެއެވެ.

އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ޕްރިމިއާ ކުރާ ހަތް ވަނަ ސީޒަނަށް ފަހު ސީރީޒް ނިމުމަކަށް އަންނާނެ ކަމަށް އޭބީސީން ބުރާސްފަތި އިއްޔެ ހާމަކުރި އިރު، މި އިއުލާނާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މި ހަބަރާއެކު އިންސްޓަގްރާމާއި އެކްސް ގައި ޝޯ ނިމޭތީ ހިތާމަ ކުރާ ކަަމަށް ބުނެފައި ވެއެވެ.

މި ޝޯ އަކީ ޑޭވިޑް ޝޯރް 2013 ވަނަ އަހަރު އެ ނަމުގައި ގެނެސްދިން ސިލްސިލާއަކަށް ބިނާކޮށް ގެނެސްދެމުންދާ ސީރީސްއެކެވެ.

2017 ވަނަ އަހަރު ޕްރިމިއާކުރި މި ސީރީސްގައި ފްރެޑީ ހައިމޯރް ފެނިގެންދަނީ ޑޮކްޓަރ ޝޯން މަރްފީގެ ރޯލުންނެވެ. އޭނާއަކީ މި ސީރީސްގައި އޯޓިސްޓް ހުންނަ ޑޮކްޓަރެކެވެ.

އުމުރުން 31 އަހަރުގެ ފްރެޑީ ވަނީ ޝޯ ކެންސަލް ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ޑރ.މަރްފީގެ ރޯލު ކުޅުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޭނާގެ ހަޔާތުގެ އެންމެ ފާހަގަކޮށްލެވޭ އަދި ފައިދާހުރި ތަޖުރިބާއެއް ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ޝުކުރު އަދާކުރާނަން [އެގްޒެކެޓިވް ޕްރޮޑިއުސަރުންނަށް]. ކާސްޓުންނާއި ލިޔުންތެރިން އަދި ކްރޫއިން ވެސް މި ޝޯ ކުރިއަށް ގެންދިޔައީމަ،" އޭނާ ބުންޏެވެ.

މި ޝޯވ ބެލި އެންމެންނަށްވެސް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.